އައްޑޫ ސިޓީ ފޭދޫގައި އިމާރާތްކުރި މަސްޖިދުލް ކައުސަރު ހުޅުވައިފި

އައްޑޫ ސިޓީގައި އަލުން އިމާރާތްކޮށް، "މަސްޖިދުލް ކައުސަރު" ހުޅުވައިފިއެވެ. މި މިސްކިތަކީ އެ ރަށުގައި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތެވެ. އަދި ކުރިން ނަމަ މިއީ އެ ރަށުގައި ނަމާދުކު...

26 May 2019 | 05:54

އައްޑޫ ސިޓީގައި އަލުން އިމާރާތްކޮށް، "މަސްޖިދުލް ކައުސަރު" ހުޅުވައިފިއެވެ.

މި މިސްކިތަކީ އެ ރަށުގައި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތެވެ. އަދި ކުރިން ނަމަ މިއީ އެ ރަށުގައި ނަމާދުކުރާ އެންމެ ކުޑަ މިސްކިތެވެ.

ނަމަވެސް ކުރިން ހުރި މިސްކިތް ތަޅާލައި އަލަށް ބިނާކޮށްފައިވަނީ 300 މީހުންނަށް ނަމާދުކުރެވޭހާ ޖާގަ ތަނަވަސް މިސްކިތެކެވެ. ޒަމާނީ ފެންވަރަކަށް މި މިސްކިތް ބިނާކޮށްފައިވަނީ އޭސީވެސް ހިމެނޭގޮތަށެވެ.

މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު މި މިސްކިތް ހުޅުވާ ނަމާދު ކުރަން ފަށާފައިވާއިރު އެ ރަށުގައި ހުކުރު ކުރާ ތިން މިސްކިތް ހުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް