ހުޅުމާލޭގައި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިހިހެނެއް ކަމުގައެވެ.
މި މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ކޯޓުން ކުރި ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ހިމެނޭ ކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އާއިލާއާއި ގުޅިގެން ވަނީ އެޅިފައި ކަމުގައި ޖެންޑަރ މިނިސްޓްރީގެ އޮފިޝަލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ހައްޔަރުކޮށްފައި ވަނީ ރޭގައި ހުޅުމާލޭގައި ގަން ހިންގުވި މީހާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފިއެވެ. އެމީހާ ވަނީ އެ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް އެއްބަސް ވެސް ވެފައެވެ. އެމީހާ ހުޅުމާލޭގެ މަގުތަކުގައި ހިންގާފައި ވަނީ ބޮކްސާ ނޫން ހުރިހާ އެއްޗެއް ބާލުވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް