ކުޑަ ކުއްޖަކާ ބެހުނު ކަމަށް ބުނާ މީހަކު ހުޅުމާލޭގައި ގަން ހިންގުވައިފި !

ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މީހަކު، ބޮކްސާ ނޫން ހުރިހާ އެއްޗެއް ބާލުވައި ހުޅުމާލޭގައި ގަން ހިންގުވައިފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ނަމަވެސް އެއީ އެމަގުން ހިނގި ކަމެއްކަން ދުވަހަށ...

25 May 2019 | 19:57

ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މީހަކު، ބޮކްސާ ނޫން ހުރިހާ އެއްޗެއް ބާލުވައި ހުޅުމާލޭގައި ގަން ހިންގުވައިފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ނަމަވެސް އެއީ އެމަގުން ހިނގި ކަމެއްކަން ދުވަހަށް ކަށަވަރެއް ނުވެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިރޭ 10:45 ހާއިރު އާންމު ފަރާތަކުން ގުޅާފައި މީހަކަށް ހުޅުމާލެ ސަހަރާ މިސްކިތް ކައިރީގައި އަނިޔާ ކުރާކަމަށް ހުށަހެޅިއެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު މީހާ ހިނގާފައި އަންނަ ކަމަށާއި އަދި އެމީހާއާއި ސުވާލު ކުރުމުން ޖަވާބެއް ދީފައި ނުވާތީ ޕޮލިސް ސްޓޭޝަނަށް އެމީހާ ހާޒިރުކޮށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިފަދަ ގޮތަކަށް މި ހަބަރު އައިސްފައިވާއިރު މީގެ ދެ ރޭ ކުރިން ހުޅުމާލޭގައި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް މީހަކު ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް