ކަރަންޓު މީޓަރުގެ ފޮޓޯއެއް ފޮނުވަން ސްޓެލްކޯ އިން އަންގައިފި

ކޯވިޑް-19 އާއި ގުޅިގެން ގޭގެއަށް ރީޑިން ނަގަން ނުދެވޭނެތީ ކަރަންޓު މީޓަރުގެ ފޮޓޯއެއް ފޮނުވުމަށް ސްޓެލްކޯއިން އަންގައިފި އެވެ. އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގޭގެއަށް ގޮސް ކަރަންޓު ...

26 Apr 2020 | 08:01

ކޯވިޑް-19 އާއި ގުޅިގެން ގޭގެއަށް ރީޑިން ނަގަން ނުދެވޭނެތީ ކަރަންޓު މީޓަރުގެ ފޮޓޯއެއް ފޮނުވުމަށް ސްޓެލްކޯއިން އަންގައިފި އެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގޭގެއަށް ގޮސް ކަރަންޓު މީޓަރުގެ ރީޑިން ނުނަގަން ނިންމީ ގޭގެއަށް ގޮސް ގެތަކުގައި ދިރިއުޅޭ އާންމުންނާއި މުވައްޒަފުންނަށް ރައްކާތެރި ކަމަކަށް ނުވާތީ ކަމަށެވެ. މީޓަރުތަކުގެ ފޮޓޯ ނެގުމަށްފަހު އެ ކުންފުނީގެ ވެބް ޕޯޓަލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައި އެވެ.

ފޮޓޯ ފޮނުވެން ނެތް ނުވަތަ ނުފޮނުވާ މީޓަރުތަކަށް ކުރިން އެތަނަކަށް ކަރަންޓު ބޭނުން ކުރަމުން އައި މިންވަރަށާއި، މި ހާލަތުގައި އެތަނެއް ބޭނުން ކުރަމުން އަންނަ ގޮތަށް ބަލައި އެވްރެޖް ބިލެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯ އިން ބުނީ މިގޮތަށް އެވްރެޖް ބިލެއް ހެދި ނަމަވެސް އެ ކުންފުނިން އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ މިންވަރަށް ބިލު ކުރުން ކަމުގައި ވާތީ އެ މިންވަރާއި އެއްހަމަ ކުުރުމަށްޓަކައި ފަހުން ފޮނުވާ ބިލްތަކަށް އެޑްޖަސްޓްމަންޓް ނުވަތަ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

ގެންނަ އެ ބަދަލުތަކުގެ ސަބަބުން އެއްވެސް ގެއެއްގެ ބިލް ބޮޑު ނުވާނެ ކަމަށް ވެސް ބުންޏެވެ.

ސްޓެލްކޯއިގެ އިތުރުން އެމްޑަބްލިއުއެސްސީން ވަނީ މާލެ ލޮކްޑައުން ކުރުމާއި ހިސާބަށް ރީޑިން ނުނެގި ކުރި ފެންމީޓަރު ތަކުގެ ފޮޓޯއެއް ފޮނުވުމަށް އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް