ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު - ފޮތެއްގެ މައްސަލައިގާ ދެމީހަކު ބަޑިއެއްގެ މައްސަލައިގާ ހަތަރު މީހަކު

އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ބޮންތަކެއް ގޮއްވާލި މައްސަލައާއި ގުޅިގެން ލަންކާ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ހަ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ހ...

26 Apr 2019 | 18:12

އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ބޮންތަކެއް ގޮއްވާލި މައްސަލައާއި ގުޅިގެން ލަންކާ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ހަ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ހަ މީހުން ގެންގޮސްފައިވަނީ ދެ މައްސަލައެއްގައެވެ.

އެތަނުން އެއް މައްސަލައަކީ އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތެއް ގެއަކުން ފެނުނު މައްސަލައެކެވެ. ދެވަނަ މައްސަލައަކީ ޝިކާރަ ކުރަން ގެންގުޅޭ ވައްތަރުގެ ބަޑިއެއްގެ މައްސަލައެވެ.

ހަ މީހަކު ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަން ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ކަށަވަރު ކޮށްދެއެވެ. ނަމަވެސް ތަފްސީލު ހާމައެއް ނުކުރެއެވެ.

ނަމަވެސް ދުވަހަށް ކަށަވަރު ކުރެވިފައިވާގޮތުގައި އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތެއްގަ މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ މީހެކެވެ. އަ

ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު - ފޮތެއްގެ މައްސަލައިގާ ދެމީހަކު ބަޑިއެއްގެ މައްސަލައިގާ ހަތަރު މީހަކު

އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ބޮންތަކެއް ގޮއްވާލި މައްސަލައާއި ގުޅިގެން ލަންކާ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ހަ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ހަ މީހުން ގެންގޮސްފައިވަނީ ދެ މައްސަލައެއްގައެވެ.

އެތަނުން އެއް މައްސަލައަކީ އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތެއް ގެއަކުން ފެނުނު މައްސަލައެކެވެ. ދެވަނަ މައްސަލައަކީ ޝިކާރަ ކުރަން ގެންގުޅޭ ވައްތަރުގެ ބަޑިއެއްގެ މައްސަލައެވެ.

ހަ މީހަކު ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަން ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ކަށަވަރު ކޮށްދެއެވެ. ނަމަވެސް ތަފްސީލު ހާމައެއް ނުކުރެއެވެ.

ނަމަވެސް ދުވަހަށް ކަށަވަރު ކުރެވިފައިވާގޮތުގައި އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތެއްގަ މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ މީހެކެވެ. އަދި ބަޑީގެ މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކިޔަވަން ތިބޭ ހަތަރު ކުއްޖެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ލަންކާގައި މިވަގުތު ހާލަތު ވަރަށް ގޯސް ކަމަށާއި ލަންކާ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް އެއްބާރުލުން ދިނުމަށް ފޮރިން މިނިސްޓްރީން އެދިލައްވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ސޯޝަލް މީޑިއާގައްޔާއި އެހެނިހެން މަސްދަރުތަކުގައި ގޯސް މައުލޫމާތު ނުފެތުރުމަކީވެސް މިނިސްޓްރީގެ ވަރަށް ބޮޑު އެދިލއްވުމެއް ކަމުގައިވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ދި ބަޑީގެ މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކިޔަވަން ތިބޭ ހަތަރު ކުއްޖެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ލަންކާގައި މިވަގުތު ހާލަތު ވަރަށް ގޯސް ކަމަށާއި ލަންކާ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް އެއްބާރުލުން ދިނުމަށް ފޮރިން މިނިސްޓްރީން އެދިލައްވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ސޯޝަލް މީޑިއާގައްޔާއި އެހެނިހެން މަސްދަރުތަކުގައި ގޯސް މައުލޫމާތު ނުފެތުރުމަކީވެސް މިނިސްޓްރީގެ ވަރަށް ބޮޑު އެދިލއްވުމެއް ކަމުގައިވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް