ލަންކާގައި ހަސަން ހައްޔަރު ކުރީކީ ނޫން، ގެންދިޔައީ އެ ގެއިން ފެނުނު ފޮތަކާއިމެދު ސުވާލު ކުރަން

ލަންކާގައި ފަސް ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވާއިރު ދުވަހަށް ކަށަވަރު ކުރެވިފައިވާގޮތުގައި ފަސް މީހަކު ގެންދިޔައީ ކަންތައްތަކެއްގައި ސުވާލު ކުރުމަށެވެ. އެތަ...

26 Apr 2019 | 17:34

ލަންކާގައި ފަސް ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވާއިރު ދުވަހަށް ކަށަވަރު ކުރެވިފައިވާގޮތުގައި ފަސް މީހަކު ގެންދިޔައީ ކަންތައްތަކެއްގައި ސުވާލު ކުރުމަށެވެ.

އެތަނުން އެކަކީ ހަސަން ކިޔާ މީހެކެވެ. ސީދާ ނަން ހާމަކުރަން ދުވަހުން ބޭނުމެއް ނުވެއެވެ. އޭނާ ގެންދިޔައީ އެ ގޭގައި އޮތް ފޮތަކާއިމެދު ސުވާލު ކުރުމަށް ކަމަށް އެނގިފައިވެއެވެ.

މިކަމުގެ މައުލޫމާތު އެނގި ހުރި މީހަކު ދުވަހަށް މައުލޫމާތުދެމުން ބުނީ ހަސަން ގެންދިޔައީ އެގޭގައި ކުރިން ކިޔަވަން ހުރި ކުއްޖަކު އެ ގެއަށް ގެންގޮސްފައިވާ އޮތް ފޮތެއް ލަންކާ ފުލުހުންނަށް ފެނިގެން އެ ފޮތާއިމެދު ސުވާލު ކުރުމަށް ކަމަށެވެ. އެ ފޮތަކީ އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތެއްކަމަށް ވާހަކަ ދެކެވެއެވެ.

"ލަންކާގައި މި ހިނގާ ކަންތައްތަކާއި ގުޅިގެނެއް ނޫން ގެންދިޔައީކީ، އެގޭގައި ކުރިން ކިޔަވަން ހުރި ލޯ ކިޔަވަން ހުރި ކުއްޖެއް، އެ ކުއްޖާ ލަންކާ ކުއްޖެއް އަތުން ގެނެސްފައި އޮތް ފޮތެއް އެއީ، އެ ފޮތް އޮތީ އެ ގޭގައި ބާއްވާފައި، އެ ކުއްޖާ މިހާރު ލަންކާގައިވެސް ނެތް" ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ. އަދި އެ ފޮތަކީވެސް މަނާ ފޮތެއް ނޫން ކަމަށާއި އެއީ އައިއެސްގެ މައުލޫމާތު ކޮންމެވެސް ވަރަކަށް ހިމެނޭ ފޮތެއް ކަމުގައިވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މިހާރު ލޯޔަރުން ހަމަޖެހި މާދަމާ ވަގުތެއްގައި ފުލުހުންގެ ބަންދުން ހަސަން ދޫވާނެ ކަމުގެ އުންމީދު ލިބިފައިވާކަމަށެވެ. އަދި ލަންކާ ފުލުހުން ގެތައް ބަލާ ފާސްކުރަމުން އަންނައިރު ގެތަކަށް އަންނަ ފުލުހުންނަށް އިނގިރޭސި ނޭނގޭތީ އެ ސަބަބަކީވެސް ހަސަން ގެންދިޔަ އެއް ސަބަބު ކަމުގައިވެސް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް