އަވަށްޓެރި ސްރީލަންކާގައި ފަސް ދިވެއްސަކާއި ސުވާލު ކުރުމަށް ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުން ފަސް މީހަކު ހައްޔަރު ކުރީ ކަމަށް އަދި ބައެއް މަސްދަރުތަކުން ބުނާގޮތުން ފަސް މީހަކު ހައްޔަރުކުރީ ކަމަށް ރިޕޯޓްކުރަމުން އަންނައިރު ދުވަހުން މައުލޫމާތު ކަށަވަރު ކުރި އިރު އެ ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަންތައްތަކެއްގައި ސުވާލު ކުރުމަށެވެ.
އޭގެ ތެރެއިން އެކަކު ގެންދިޔައީ ޕޮލިޓިކަލް ސައިންސް ކިޔަވާ ކުއްޖަކު އުޅޭ ގެއަކުން އައިއެސްއާއި ގުޅޭ ފޮތެއް ފެނިގެންކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ދުވަސް އަށް އަދި މިކަން ކަށަވަރެއް ނުކުރެވެއެވެ.
ދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތަރު މީހުންނަކީ ލަންކާގައި ކިޔަވަން ތިބޭ ހަތަރު ދަރިވަރުން ކަމަށާއި އެމީހުން ގެންދިޔައީ ހަންޓް ކުރަން ގެންގުޅޭ ބަޑިއެއް ފެނިގެން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެކަންވެސް އަދި ދުވަހަށް ކަށަވަރެއް ނުކުރެވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް