ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަންކޮށްފިއެވެ.
މި މަގާމަށް އަދުރޭ އައްޔަން ކޮށްފައިވަނީ މިއަދު ކުރިއަށްދާ އެ ޕާޓީގެ ގައުމީ ޖަލްސާގައެވެ.
ޕީއެންސީގެ ރައީސް ކަމަށް އޮޓޮމެޓިކުން އަދުރޭ ހޮވިފައިމިވަނީ އެ މަގާމަށް އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީއެވެ.
ޕީއެންސީގެ ޖަލްސާ ކުރިއަށްދދަނީ ބިލަބޮން އިންޓަނޭޝަނަލް ހައި ސްކޫލުގައެވެ. ޕާޓީގެ ފުރަތަމަ ރައީސް ކަމަށް އަދުރޭ އައްޔަން ކޮށްފައިވާއިރު އެ ޕާޓީގެ އިތުރު މަގާމުތަކަށް، މިއަދުގެ ގައުމީ ޖަލްސާގައި މީހުން ހޮވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް