އަސަރީ މަގުގައި ހުރި ގެއަކުން މަސްތުވާތަކެއްޗާއެކު 17 ފިރިހެނަކާއެކު އަންހެނަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ މުޅިންވެސް ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.
އިއްޔެ ހިނގި މި އޮޕަރޭޝާއި ބެހޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަންގައި ޖުމްލަ 18 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނަކު ހިމެނޭކަމުގައި އޮފިސަރު ވިދާޅުވިއެވެ.
"އެއީ 23 އަހަރާއި 56 އަހަރާއި ދެމެދުގެ ދިވެހިން، މުޅިންވެސް ކުށުގެ ރެކޯޑް އޮންނަ މީހުން" ފުލުހުންގެ އޮފިސަރު ވިދާޅުވިއެވެ.
އޮފިސަރު އިތުރަށް ވިދާޅުވީ އެމީހުން ތިބި ގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ރަބަރު އަށް ޕެކެޓު ފެނިފައިވާކަމަށާއި 24 ހާސް ނުވަސަތޭކަ ރުފިޔާވެސް ފެނިފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމުގައިވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް