ބޮމެއް އޮތްކަމުގެ އިންޒާރާއެކު މެލޭޝިޔާގެ ޔުނިވާސިޓީއެއް ހުސްކޮށްފި

ބޮމެއް އޮތްކަމަށް އިންޒާރެއް ލިބުމުން މެލޭޝިޔާގެ އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ ހުސްކޮށްފިއެވެ. މެލޭޝިޔާގެ ނޫހެއް ކަމުގައިވާ މެލޭޝިޔާކިނީ އަށް މައުލޫމާތުދެމުން އެ ޔުނިވާސިޓީން ވާހަކަ ދެއްކި މީހަކު...

26 Apr 2019 | 09:39

ބޮމެއް އޮތްކަމަށް އިންޒާރެއް ލިބުމުން މެލޭޝިޔާގެ އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ ހުސްކޮށްފިއެވެ.

މެލޭޝިޔާގެ ނޫހެއް ކަމުގައިވާ މެލޭޝިޔާކިނީ އަށް މައުލޫމާތުދެމުން އެ ޔުނިވާސިޓީން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ އިންޒާރު ލިބުނީ މިއަދު 02:00 ހާއިރު ކަމަށާއި އެ އިންޒާރު ލިބުމާއެކު އެ ޔުނިވާސިޓީ ހުސްކޮށްފައިވާކަމަށެވެ.

މިކަން އެ ނޫހަށް ކަށަވަރުކޮށްދެމުން އެ ސަރަހައްދުގެ ޗީފް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު މޮކްސެއިން މުހައްމަދު ޒޮން ބުނެފައިވަނީ މި މައުލޫމާތު ލިބުމުން ފުލުހުން އަންނަނީ އެ ޔުނިވާސިޓީގައި މިހާރު ހަރަކާތްތެރިވަމުން ކަމަށެވެ.

ނޫހަށް މައުލޫމާތު ހިއްސާކުރި އެ ޔުނިވާސިޓީގެ އޮފިސަރު އިތުރަށް ބުނެފައިވަނީ އެ ޔުނިވާސިޓީއަށް ދާން އޮންނަ މަގުތައްވެސް ފުލުހުން މިހާރު ބަންދުކޮށްފައިވާކަމަށެވެ. އަދި މިއަދު އެ ޔުނިވާސިޓީގެ ކިޔެވުމާއި ކިޔަވައިދިނުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދަން މެނޭޖްމަންޓުން ނިންމާފައިވާކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް