ކޮންމެ މުސްލިމަކީ ޓެރަރިސްޓެއް ކަމުގައި ދެކެގެން ނުވާނެ: ސިރިސޭނާ

ކޮންމެ މުސްލިމަކީ ޓެރަރިސްޓެއް ކަމުގައި ދެކެގެން ނުވާނެ ކަމުގައި ސްރީ ލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އެ ގައުމުގެ ރައްޔިތުންގެ ކިބައިން އެދިލައްވައިފިއެވެ. ރައީސް ސިރިސޭނާ މިގޮތަށް އެދިލައްވާފައ...

26 Apr 2019 | 06:52

ކޮންމެ މުސްލިމަކީ ޓެރަރިސްޓެއް ކަމުގައި ދެކެގެން ނުވާނެ ކަމުގައި ސްރީ ލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އެ ގައުމުގެ ރައްޔިތުންގެ ކިބައިން އެދިލައްވައިފިއެވެ.

ރައީސް ސިރިސޭނާ މިގޮތަށް އެދިލައްވާފައިވަނީ މީޑިއާތަކާއި މިއަދު ބައްދަލުކުރައްވައި މިއަދު ދެއްވި މެސެޖުގައެވެ. ސިރިސޭނާ މިއަދު އިތުރަށް ވިދާޅުވިގޮތުގައި މުސްލިމް ކޮމިއުނިޓީ ދިފާއުކޮށްދިނުމަކީވެސް މިއަދު އެންމެންގެ ޒިންމާއެކެވެ.

އާދީއްތަ ދުވަހު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 253 މީހަކު މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. ޖުމްލަ އަށް ހަމަލާއެއް ދީފައިވާއިރު ތިން ހަމަލާއެއް އަމާޒުކޮށްފައިވަނީ ކްރިސްޓިއަނުން އަޅުކަންކުރާ ތިން ފައްޅިއަކަށެވެ. ތިން ހަމަލާއެއް ދީފައިވަނީ ފަތުރުވެރިން ތިބޭ ތިން ހޮޓަލަކަށެވެ. އިތުރު ދެ ހަމަލާއެއްވެސް ދީފައިވެއެވެ.

މި ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު ސްރީ ލަންކާއިން ބުނެފައިވާގޮތުގައި މި ހަމަލާތަކަކީ އެ ގައުމުގެ ނެޝަނަލް ތައުހީތު ޖަމާއަތް ނަމަކަށް ކިޔާ ބަޔަކު ދީފައިވާ ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތަކާއި ގުޅިގެން ލަންކާގައި މުސްލިމުންނަށް ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް