ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ މިރޭ ހުޅުމާލޭ ޣާޒީ ސްކޫލްގައި ބާއްވައި، މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް އެވޯޑް ދީފިއެވެ. މި ހަފްލާގައި މުވައްޒަފުންނަށް އެވޯޑް ތައް ހަވާލުކޮށްދީފައިވަނީ ބޭންކް ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ސީއީއޯ ޢައިޝަތު ނޫރައްދީން އާއި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންނެވެ.
މުޙައްމަދު މާއިޒް (ޕީޕަލް އެންޑް ޗޭންޖް ޑިވިޝަން) އަށް އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ލިބުނުއިރު މަރިޔަމް ހަމީދު ( ސެންޓްރަލައިޒްޑް ސަރވިސް ޑިވިޝަން) ވަނީ ބެސްޓް ލީޑަރ އެވޯޑް ހޯދާފައެވެ. ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައިވަނީ ޕޭމަންޓް އެންޑް ސެޓްލްމަންޓް ޔުނިޓާއި، ސޯޝަލްމީޑިއާ ޓީމްގެ އިތުރުން ޢައިޝަތު ސަމާހް ( ހެޑް އޮފް ލީގަލް އެންޑް ކޯޕްރޭޓް އެފެއަރޒް) އެވެ.
މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ އޮފް ދަ އިޔަރ، ބެސްޓް ލީޑަރ، ބެސްޓް މެނޭޖަރ، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއަރ ސާވިސް، ސްޕޯޓްސް ސްޕިރިޓް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ޔަމަރ ޗެމްޕިއަން، ސާބަސް އެވޯރޑް، ކަސްޓަމަރ ސާވިސް ސްޓާރ، ރައިޒިންގ ސްޓަރ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އަދި ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ދީފައިވެއެވެ.
ސްޓާފް އެވޯޑްސް އާ ގުޅޭ ގޮތުން ބީއެމްއެލް ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ސީއީއޯ ޢައިޝަތު ނޫރައްދީން ވިދާޅުވީ " ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރެވޭ ކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަޚްރެއް އަދި އެހާމެ ބޮޑު އުފަލެއް. އެއީ ބޭންކުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެ މުވައްޒަފުން. މިރޭ އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާކިޔަން. އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި، މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރަން."
ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ބާއްވާ މުހިންމު އެއް ހަރަކާތެވެ. މަސައްކަތް ކުރަން އެންމެ ރަގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ދެއަހަރު ބީއެމްއެލް އިން ވަނީ ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް