އިންޓެލް ރިޕޯޓަކާއި ގުޅިގެން ކުރީގެ ފުލުހުންތަކެއް އަނބުރާ ޖަލަށް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފުލުހުން ގޭބަންދަށް ބަދަލުކޮށްފައި  ވަނިކޮށް އޭގެން ދެ ފުލުހަކު އަނބުރާ ޖަލަށް ގެންގޮސްފި އެވެ. ގޭ ބަން...

26 Apr 2018 | 08:14

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފުލުހުން ގޭބަންދަށް ބަދަލުކޮށްފައި  ވަނިކޮށް އޭގެން ދެ ފުލުހަކު އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

ގޭ ބަންދުން ޖަލު  ބަންދަށް ބަދަލު ކުރީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓާ ފާއިޒު މުހައްމަދު އެވެ. އެ ދެމީހުން ޖަލު ބަންދަށް ބަދަލު ކުރިކަން ގާނޫނީ ވަކީލު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އެ ދެމީހުންގެ ގާނޫނީ ވަކީލު ސަފާ ޝަރީފު ވިދާޅުވީ ފާއިޒް އާއި ސައިފް ޖަލަށް ގެންގޮސްފައިވަނީ ފުލުހުންނަށް ލިބުނު އިންޓަލް ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅޭ މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވާ ކަމަށާއި އޭގެ ސަބަބުން އެކަމުން ބަރީއަ ވެވޭނެ ގޮތެއް ވެސް ނުލިބޭ ކަމަށް ސަފާ ވިދާޅުވި އެވެ.

https://twitter.com/safasharyf/status/989377414219235328

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ ޖުމްލަ އަށް ފުލުހަކު ހައްޔަރުކޮށް ވަޒީފާއިން ވަކި ކުރި އެވެ. އެމީހުން ގޭބަންދަށް ބަދަލު ކުރީ މިދިޔަ އަންގާރަ ދުވަހު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ހައްޔަރުގައި ތިބި މި ފުލުހުންގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާއި، ސަރުކާރުން ވަކި ގޮތެއް ނުނިންމަނީސް އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އެ އަށް ފުލުހުންގެ ބޯ އެ މީހުންގެ ނުރުހުމުގައި ބޭލުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މިމަހު ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް