ޙުޅުމާލޭގައި ހުންނަ އޮފީހެއްގެ ތިޖޫރީއެއް ފަޅާލަން އުޅެނިކޮށް ބަޔަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގަ ދެ މީހަކު ހައްޔަރު ކުރި އެވެ. އެމީހުން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ރޭ މެންދަމު 3:10 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އެތަނަށް ދިޔަ އިރު އެމީހުން ގެންދަނީ ތިޖޫރީ ހަލާކު ކުރަމުން ކަމަށެވެ.
އެހެންވެ ތިޖޫރީ ހަލާކުކޮށްލުމަށް ބޭނުން ކުރާ އާލާތްތައްވެސް އެތަނުން ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގަ ހައްޔަރު ކުރީ 23 އަހަރާއި 25 އަހަރުގެ ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް