ކަންބޮޑުވުންތަކާއި އެކު އިދިކޮޅު ފަރާތްތަކުން އީޔޫއަށް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ހާލަތާއި ބެހޭގޮތުން ނެރުނު ރިޕޯޓުގައި ހުރި ކަންބޮޑުވާ ކަންކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން އެ ޔޫނިއަންގެ ބޭފުޅުންނާއި ބައްދަލުކޮށްފި އެވެ. އިދިކޮޅު ފަރާތް...

26 Apr 2018 | 04:02

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ހާލަތާއި ބެހޭގޮތުން ނެރުނު ރިޕޯޓުގައި ހުރި ކަންބޮޑުވާ ކަންކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން އެ ޔޫނިއަންގެ ބޭފުޅުންނާއި ބައްދަލުކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުންވެސް އަދި ދިވެހިންވެސް ބަލައި ނުގަންނަ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ދިވެއްސަކަށް ވެވޭނީ މުސްލިކަމަށް ވުމުން ކަމަށް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ބުނެފައިވުމެވެ. އަދި މަޖިލީހުގެ މެންބަރަކަށް ވެވޭނީ ހަމައެކަނި ސުންނީ މުސްލިމުންނަށް ކަމަށް ކަނޑައަޅާފައި އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ބުނެފައިވާތީ އެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ އީޔޫގެ ވަފުދަކާއި އެކު ބޭއްވި ބައްދަލުވުމެއްގައި ބުނެފައިވަނީ ދީނީ ގޮތުން މިނިވަންކަން ދިނުމަށް ގޮވާލުމަކީ އެ ފަރާތްތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާއި ގުޅޭ މައުލޫމާތު ދިން ކަމަށެވެ. ޕާޓީތަކުގެ ކަންބޮޑުވުންތައްވެސް ހިއްސާ ކުރި ކަމަށް ބުނެ އެވެ.

އެ ކަންބޮޑުވުންތަކުގެ ތެރޭގައި އިދިިކޮޅު ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބަންދުކޮށްފައި ތިބޭ މައްސަލަހިމެނެ އެވެ. އަދި ދައުލަތުގެ ބާރުތައް އެއްކޮށް، މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އިދިކޮޅުން ކުރާ ތުހުމަތު ވެސް ހިއްސާ ކުރިއެވެ.

ރާއްޖޭގައި ދާދިފަހުން ތައާރަފްކުރި އެންޓި ޑިފެކްޝަން ގާނޫނަށް ސުޕްރީމްކޯޓުން ރުހުން ދިންްކަން ވެސް ކަންްބޮޑުވުމެއްގައި ގޮތުގައި އިދިކޮޅުން ފާހަގަ ކުރިއެވެ.

މި ބައްދަލުވުން އޮތީ ލަންކާ ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް