ކ. އޮޅުވެލީގައި މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ ކަނޑު މޫދު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ.
އެމީހާ އަކީ އެ ރަށުގައި ހަދަމުންދާ ރިސޯޓުގައި މަސައްކަތް ކުރާ މީހެކެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އޭނާގެ ހަށިގަނޑު ފެނިފައިވަނީ މޫދުގެ ހަތް މީޓަރު އަޑިން ކަމަށެވެ. އެމީހާ އަޑީގައި އޮއްވަ ފެނިފައިވަނީ އެ ސަރަހައްދުގައި ޑައިވް ކުރަމުން ދިޔަ ކޯސްޓްގާޑު ޑައިވަރުންނަށެވެ.
އެމީހާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓު ކުރީ ރޭ 8:25 ހާއިރު އެވެ.
ބިދޭސީ މީހާ ފެނިފައިވާއިރު މި ހަފްތާގެ ކުރީކޮޅު ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ގެއްލުނު މީހަކުވެސް ވަނީ ގުޅީ ކައިރިން ކަނޑު އަޑީގައި މަރުވެފައި އޮއްވަ ފެނިފަ އެވެ.
އެކަމަކު އަދިވެސް އައްޑޫ ސިޓީގައި މޫދަށް އެރިގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެ ކުދިންނެއް ނުފެނެ އެވެ. އެމްއެންޑީއެފުން ބުނީ އެ ކުދިން ހޯދުމަށް ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް