އާމިރު އާއި އެކު ފިލްމު ކުޅުމުގެ ފުރުސަތު ދީޕިކާއަށް، ގަބޫލު ކުރާނެ ކަމެއް ނޭނގެ!

ބޮލީވުޑްގައި މިހާތަނަށް ހަދާ އެންމެ އަގުބޮޑު ފިލްމު ހެދުމަށް ސުޕާ ސްޓާ އާމިރު ހާން ދަނީ ތައްޔާރުވަމުންނެވެ. މަހާބާރަތުގެ އަސްލާ އެއްގޮތަށް އާމިރު ހާން ޕްރޮޑަކްޝަންއިން އުފައްދަން ނިންމާފައިވާ އެ ފިލްމ...

26 Apr 2018 | 03:37

ބޮލީވުޑްގައި މިހާތަނަށް ހަދާ އެންމެ އަގުބޮޑު ފިލްމު ހެދުމަށް ސުޕާ ސްޓާ އާމިރު ހާން ދަނީ ތައްޔާރުވަމުންނެވެ.

މަހާބާރަތުގެ އަސްލާ އެއްގޮތަށް އާމިރު ހާން ޕްރޮޑަކްޝަންއިން އުފައްދަން ނިންމާފައިވާ އެ ފިލްމަށް ތަރިން ހޯދުމުގެ މަސައްކަތް އޭނާ ވަނީ ފަށާފައި އެވެ. އާމިރު ބުނީ އެ ފިލްމަށް ބޭނުންވަނީ ބޮލީވުޑްގައި ތިބި އެންމެ މޮޅު ތަރިން ކަމަށެވެ. އެގޮތުން ލީޑް ރޯލު ކުޅުވަން ބޭނުންވަނީ ދީޕިކާ ޕަދުކޯން ލައްވާ ކަމަށެވެ.

މިހާތަނަށް ދީޕިކާއަށް ރަސްމީކޮށް ފިލްމު ކުޅެއް ހުށަހަޅާފައެއް ނުވެ އެވެ. އެކަމަކު ދީޕިކާގެ ގާތް މީހަކު މީޑީއާގައި ބުނެފައިވަނީ މަހާބާރަތު އަސްލާ އެއްގޮތަށް ބަލައިގެން ހަދާ ފިލްމެއް ދެން ދީޕިކާ ކުޅުން ވަރަށް ދުރު ކަމަށެވެ. އެއީ "ޕަދްމާވަތް" އުފެއްދުމުގައި ދިމާވި މައްސަލަތަކާއި ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކުގެ ސަބަބުން ކަމަށްވެ އެވެ.

"މަހާބާރަތު" އަކީ އިންޑިއާގެ ކުރީގެ ރަސްކަމާއި އާދަކާދަތައް  ހެމެނޭ ވާހަކަ އެކެވެ. "ޕަދްމާވަތް" އާއި މެދުވެސް ބައެއް މީހުން ހިތްހަމަ ނުޖެހުނީ އެފަދަ ވާހަކަތައް ބަދަލުކޮށްގެން އެ ފިލްމުގައި ގެނައި ކަމަށް ބުނެ އެވެ.

އެކަމަކު އެމީހާ ބުނެފައިވަނީ މިއީ އަދި ޔަގީންކަން ދެވޭނެ ކަމެއް ނޫންކަމަށާއި އާމިރް އާއި އެކު ކުޅެން ލިބޭ ފުރަތަމަ ފިލްމު ދީޕިކާ ކުޅެން ބޭނުންވުމަކީވެސް ވެދާނެ ކަމެއް ކަމަށެވެ.

އާމިރާ އެކު މިހާތަނަށް ދީޕިކާ ފިލްމެއް ކުޅެފައި ނުވާއިރު ސަލްމާން ހާން އާއި އެކުވެސް ދީޕިކާ މިހާތަނަށް ފިލްމަކުން ފެނިގެން ގޮސްފައެއް ނުވެ އެވެ. މީގެ ކުރިން ދީޕިކާ ވަނީ ސަލްމާން ހާންގެ ފަރާތުން އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ އުފަލުން ގަބޫލު ކުރާނެ ކަމަށް ބުނެފަ އެވެ.

އެހެންކަމުން އާމިރުގެ ފަރާތުން މިފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް