ބަލިވެ އިނުމާއި އެކު އާންމުކޮށް މީހުން ބުއިން ހުއްޓާލާ އެއްޗެހީގެ ތެރޭގައި ލުއި ބުއިންތަކާއި ކޮފީ ހިމެނެ އެވެ. އެކަމަށް ޑޮކްޓަރު ލަފާދެ އެވެ.
ލުއި ބުނިންތަކަށްވުރެ މިފަހަރު ދައްކަން މިއުޅެނީ ކޮފީ ބުއިމުން ލިބޭ ގެއްލުމުގެ ވާހަކަ އެވެ. ކޮފީ އެކަންޏެއް ނޫނެވެ. ދިރާސާތަކުގައި ބުނެފައިވާގޮތުގައި ކޮފީ އާއި މާބަނޑު އިރު ކަޅުސައި ބުއިމުން ލިބޭ ގެއްލުން ހަމަ އެއްވަރެވެ.
މާބަނޑު އިރު ކޮފީ ބޯނަމަ ކުރީކޮޅު ބައިގެންދިއުމުގެ ފުރުސަތު ބޮޑެވެ. އަދި ބަނޑުގައި ދަރިފުޅު ހެދިބޮޑުވާ މިންވަރަށް ބަދަލު އާދެ އެވެ. މީގެ އިތުރުން ގުނަވަންތައް އުފެދުމުގައި ނުރައްކާތެރި ހިސާބަކަށް ކަންކަން ދިއުމުގެ ފުރުސަތު ފަހިވެގެންދާއިރު އޭގެ ތެރޭގައި ކުއްޖާގެ ހިތުގެ މައްސަލަތައް ޖެހުން އިތުރުވެދާނެ އެވެ.
މާބަނޑު އިރު ކަޅު ސައި ބޯނަމަ ދަރިފުޅު އުފަންވާ ފަހުން ދިމާވާ މައްސަލަތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ކުއްޖާގެ ބަރުދަން އުމުރާ ނުގުޅޭ ވަރަށް ބަރުވުން ހިމެނެ އެވެ. އަދި ކޮފީ އަދި ކަޅު ސައި ފަދަ އެއްޗެހި ބޯން ނުޖެހޭ އުމުރުގައި ކުއްޖާ ބޯހިއްވުން އާންމު ކަމަށް ވެދާނެ އެވެ.
ކަޅު ސައި ބުއިމުން ކުއްޖާގެ ބަރުދަން އާދަޔާ ހިލާފަށް ބަރުވާން ފަށަނީ އުމުރުން ހަ ހަފްތާ އާއި އަށް އަހަރާއި ދެމެދު އެވެ.
ކޮފީ އާއި ކަޅުސައިގެ ސަބަބުން ކުއްޖާއަށް މިފަދަ ބަދަލުތައް އަންނަނީ ހާއްސަކޮށް ކޮފީ ބުއިމުއިން އޭގެ ކެފެއިން ހަށިގަނޑުގެ ހިމަ ނާރުތަކުގެ އިތުރުން ހުރިހާ ޓިޝޫތަކަކަށް ކުރާތީ އެވެ. އެއާއި އެކު ވަރަށް އަވަހަށް ބަނޑުގައިވާ ދަރިފުޅަށް ކެފެއިންގެ އަސަރު ކުރާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް