"އެކެއް ފެބްރުއަރީ އާއި ތިނެއް ނޮވެމްބަރުގެ ފިލާވަޅުގައި ތަފާތެއް ނެތް"

ފެބްރުއަރީ އެކެއްގައި ސުުޕްރީމް ކޯޓުން ނެރުނު އަމުރުގައި ގައިދީންތަކެއް ދޫކޮށްލަން ބުނެފައި އޮތުމާއި ނޮވެމްބަރު ތިނެއްގައި ދިވެހިންތަކެއް އިސްވެ ތިބެ ތަމަޅަ ޓައިގަރުން ރާއްޖެ އަރާ ހިންގި އުދުވާނާއި މާ...

26 Apr 2018 | 02:51

ފެބްރުއަރީ އެކެއްގައި ސުުޕްރީމް ކޯޓުން ނެރުނު އަމުރުގައި ގައިދީންތަކެއް ދޫކޮށްލަން ބުނެފައި އޮތުމާއި ނޮވެމްބަރު ތިނެއްގައި ދިވެހިންތަކެއް އިސްވެ ތިބެ ތަމަޅަ ޓައިގަރުން ރާއްޖެ އަރާ ހިންގި އުދުވާނާއި މާބޮޑު ތަފާތެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށާއި އެކަމަކު އެ ދެ ހާދިސާ އަކީ އެއްވެސް ތަފާތެއް ނެތް ހާދިސާތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކީ ދިން "ހަމަލާ" އެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ފެބްރުއަރީ 1 ގެ "ހަމަލާ" ކާމިޔާބުވި ނަމަ، އެންމެ ބޮޑު ފައިދާއެއް ލިބޭނީ ކާކަށްތޯ ނުވަތަ ކޮން ބަޔަކަށްތޯ އެއީ އުފެދޭ ސުވާލެއް ކަމަށެވެ. ރޭވިފައި އޮތް ގޮތަށް އެ ކަން ނުވުމުން، ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން ބޮޑުވީ ކޮން ބައެއްގެ ތޯ ސުވާލު އުފެދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ތިނެއް ނުވެމްބަރާއި 1 ފެބްރުއަރީގެ ހާދިސާއިން ލިބިގަންނަން ޖެހޭ އަނެއް ފިލާވަޅަކީ މަތީ މަގާމްތަކަކީ ގައުމަށް ވަފާތެރިކަން ދައްކުވައިދޭ ނިޝަންތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ދެތިން މިލިއަން ޑޮލަރަށް ގައުމުގެ މިނިވަންކަމާއި ޝަރަފު ވިއްކާލީ އެންމެ އިތުބާރު ހިފެން ޖެހޭ މަގާމްތަކުގައި ތިބި ފަރާތްތަކުންް ކަމަށެވެ.

ނަމަވެސް 3 ނުވެމްބަރުގައި ގައުމު ސަލާމަތްކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އުމުރުން 20 އަހަރުގެ ހުސެއިން އާދަމް ކަމަށާއި މަތީ މަގާމްތަކުގައި ތިއްބެގެން 1 ފެބްރުއަރީގެ އަމުރު ނެރުނު ފަރާތްތަކާއި އޭނާއާ އަޅައި ކިޔާލުމުން އެންމެ އަގުބޮޑީ ކާކުތޯ ސުވާލު އުފައްދާލުމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ސިފައިންގެ މަރުކަޒަށް އެމަނިކުފާނު ވަޑައިގަތީ، ގައުމުގެ ހާލަތު އޮތީ ކިހިނެއްކަން ރަނގަޅަށް ވަޒަން ނުކުރެއްވޭ ހާލަތުގައި ކަމަށެވެ. އެކަމަކު، ސިފައިން އެ މަނިކުފާނަށް މަރުހަބާ ކީ ނުގުޑާ ފަދަ އަޒުމެއްގައި ތިބެ ކަމަށާއި އޭގެ ފަހުން ސިފައިންގެ މަރުކަޒުތަކުން އިވެމުން ދިޔައީ ސިފައިންގެ ހުވާ ކަމަށް ވެސް

ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ފަރާތްތަކުގެ ހަމްދަރުދީ އަންނަނީ ޑިމޮކްރަސީގެ ނަމުގައި ކަމަށެވެ. ރައީސް ވިދާޅުވީ އިސްލާމް ދީން ދޫކޮށްލުމަކީ ޖިނާއީ ކުށެއް ކަމަށް ހަދާފައި އޮތީ ރާއްޖެ ހިމަނައިގެން 13 ގައުމެއްގައި ކަމަށެވެ.

އެހެންވެ، ޒިންމާދާރުކަމާ އެކު ވަކާލާތު ކުރާ ފަރާތްތަކުން މިއިން އެއްވެސް ސަމާލު ކަމެއް ބަހައްޓާ ކަމަކަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް