ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަސް ދަރަޖަ ފަހަތަށް ޖެހިއްޖެ އެވެ.
ދުނިޔޭގެ 180 ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ބަލައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖެ މިއަހަރު ވަނީ 117 ވަނައަށް ވެއްޓިފަ އެވެ. އެ ޖަމިއްޔާއިން ބުނީ މިއަހަރު ރާއްޖެ ފަސް ދަރަޖަ ފަހަތަށް ޖެހުނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި އަނބުރުރައްކާތެރި ކުރުމުގެ ބިލާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ..
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ހާމަކުރާ ގޮތުގައި ރާއްޖެ މި ލިސްޓުގައި ދަށަށް ދާން ފަށާފައިވަނީ 2012ވަނަ އަހަރަށް ފަހުގަ އެވެ. މި ލިސްޓުގެ އެންމެ ކުރިއަށް ރާއްޖެއަށް އެރިފައިވަނީ 2011 ގައެވެ. އެއީ 73 ވަނަ އެވެ.
އެ ޖަމްއިއްޔާއިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިށަނުން ނެރުނު ބަޔާނަކާ ހަވާލާދީ ހާމަކުރި ގޮތުގައި ނޫސްވެރިންނަށް ދޭ އިންޒާރުގެ ފަހަތުގައި ގިނަފަހަރު ތިބެނީ ސިޔާސީ ޕާޓީ ތަކެވެ.
މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ނޯވޭ އާއި ސްވިޑަން އެވެ. އަދި ފިންލޭންޑް އާއި ޑެންމާކާއި ނެދަލޭންޑްވެސް ހިމެނެ އެވެ.
މި ލިސްޓުގެ އެންމެ ފަހަތުގައި އުޅެނީ އެންޓްރިއާއި އުތުރު ކޮރެއާ، ޗައިނާ އާއި ސީރިއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް