މެންބަރު ޔާމީނަށް ދެއްވި ދެ މިލިއަން ރުފިޔާ އަނބުރާ އަދާ ކުރުމަށް ޖާބިރު މުއްދަތެއް ދީފި

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު އަތުން ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ނެންގެވިކަމަށް ބުނާ ދެ މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް މުއްދަތެއް ދީފި  އެވެ. ޖާބިރު މިއަދު މެން...

26 Apr 2017 | 09:33

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު އަތުން ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ނެންގެވިކަމަށް ބުނާ ދެ މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް މުއްދަތެއް ދީފި  އެވެ.

ޖާބިރު މިއަދު މެންބަރު ޔާމީނަށް ފޮނުއްވާފައި ސިޓީގައި ވިދާޅުވެފައިވަނީ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކުމަށް އެދޭ ކަމަށެވެ. އަދި ނުދައްކައިފި ނަމަ ޝަރުއީ މަރުހަލާ މެދުވެރިކޮށް ފައިސާ ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ޖާބިރު ވިދާޅުވެފައިވެ އެވެ.

މި ސިޓީ އާއި ގުޅިގެން ޔާމީން މީޑިއާގައި ވިދާޅުވެފައިވަނީ އޭނާ ޖާބިރު އަތުން އެއްވެސް ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށާއި ޖާބިރުގެ ފަރާތުން އެފަދަ ސިޓީއެއްވެސް ލިބިފައި ނުވާ ކަމަށެވެ. ޔާމީން ވިދާޅުވީ ޖާބިރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ.

މިވަގުތު ލަންކާގައި ހުންނެވި ޖާބިރު މީޑިއާގައި ވިދާޅުވެފައިވަނީ ޔާމީނަށް ދެ މިލިއަން ރުފިޔާ ދިން ކަމުގެ ފޮޓޯ އާއި ފައިސާ އާއި ޔާމީން ހަވާލުވި ކަމުގެ ލިޔުންތަކުގެ ކޮޕީ ފޯނުގައި އެބަ ހުރި ކަމަށެވެ.

އޭނާ ވިދާޅުވީ ޔާމީނަށް ދެ މިލިއަން ރުފިޔާ ދެއްވީ، ބޮޑުމޮހޮރާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރުގެ އެކި ފަރާތްތަކާ އެކު މަޝްވަރާ ކޮށްދިނުމަށް ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް