"ހިތް ދީވާނާ 7" ގެ މަންޒަރުތައް ނެގުމަށް ސުނީ ލަންކާގައި

ރާއްޖޭގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު ނެށުންތެރިޔާ، ސުނީތާ އަލީ ނެރެމުން އަންނަ ސީރީޒް ލަވަ އަލްބަމް "ހިތްދީވާނާ" ގެ ހަތް ވަނަ އަލްބަމްގެ މަސައްކަތް ފަށާ އޭގެ ކުރިޔަށް ހުރި މަސައްކ...

26 Apr 2017 | 08:47

ރާއްޖޭގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު ނެށުންތެރިޔާ، ސުނީތާ އަލީ ނެރެމުން އަންނަ ސީރީޒް ލަވަ އަލްބަމް "ހިތްދީވާނާ" ގެ ހަތް ވަނަ އަލްބަމްގެ މަސައްކަތް ފަށާ އޭގެ ކުރިޔަށް ހުރި މަސައްކަތްތައް ނިންމުމަށް ސްރީ ލަންކާއަށް ގޮސްފި އެވެ.

ތަފާތު ލަވަތަކެއް ހިމަނައިގެން ހިތްދީވާނާ ސީރީޒްގެ ފުރަތަމަ ލަވަ އަލްބަމް ނެރެފައިވަނީ 2003 ވަނަ އަހަރުގައެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މިފަހަރު ނެރުމަށް މަސައްކަތް ފަށާފައިވާ އަލްބަމަކީ މަޝްހޫރު ހޮލީވުޑް އަދި ބޮލީވުޑް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއަށް ޚާއްސަކޮށްގެން ނެރޭ އަލްބަމެއް ކަމަށް ސުނީތާ ވަނީ ބުނެފައެވެ.

”ޕްރިޔަންކާ ސްޕެޝަލް : ހިތް ދީވާނާ 7″ގެ ނަމުގައި ނެރޭ އަލްބަމްގައި 10 ލަވަ ހިމެނޭނެއެވެ. އަދި މި އަލްބަމުގައި މޯލްޑިވިއަން އައިޑޮލް ގެ ފުރަތަމަ ސީޒަރުން އެއްވަނަ ހޯދި ލައިޝާ ޖުނެއިދުގެ ލަވައެއްވެސް ހިމެނޭނެއެވެ.

ހިތްދީވާނާ 7ގެ މަންޒަރުތައް ނެގުމަށް މިހާރު ސުނީ ލަންކާއަށް ގޮސްފައި ވީނަމަވެސް މި އަލްބަމް ނެރޭނެ ދުވަހެއް ސުނީތާ އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް