ސާފު ފައިދާގެ ގޮތުގައި އެމްޓީޑީސީއަށް 89 މިލިއަން ރުފިޔާ

ސަރުކާރާއި ރައްޔިތުން ހިއްސާވާ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 89.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެމްޓީޑީސީ...

26 Apr 2017 | 07:06

ސަރުކާރާއި ރައްޔިތުން ހިއްސާވާ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 89.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީޑީސީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި 89 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ ޑޮލަރުން ބަލާނަމަ 5.8 މިލިއަން ޑޮލަރެވެ.

އެމްޓީޑީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 4.1 މިލިއަން ޑޮލަރެވެ. އެކަމަކު ސާފު ފައިދާ އިތުރުވެފައިވަނީ މީގެކުރިން އެކުންފުނީގެ ނިޔާމަ ރިސޯޓްގެ މުއާމަލާތްތަކުން ލިބުނު 3.9 މިލިއަން ޑޮލަރު ފައިދާގެ ތެރޭގައި ހިމެނުމުންނެވެ.

މިފަހަކަށް އައިސް އެމްޓީޑީސިއަށް ފައިދާވާން ފަށާފައިވީނަމަވެސް މީގެ ކުރިން އެ ކުންފުންޏަކީ ގެއްލުމުގައި ހިނގަމުންދިޔަ ކުންފުންނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް