ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯމަދުވަހުގެ ރޭ ޕީޓްރަލް ސަރަހައްދުން ހައްޔަރުކޮށްފައިވާ ތިންމީހުންނަކީ ބޮން ހެދުމުގެ މަސައްކަތް ކުރާ ބައެއްކަން ހާމަވެއްޖެ އެވެ.
މި ހަމަލާ ހުއްޓުވައި އިތުރަށް ތަހުޤީގުތަކެއް ކުރިޔަށް ގެންދިޔަ ނަމަވެސް ފުލުހުން މިކަމާބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެރޭ ކޯޓު އަމުރުގެ ދަށުން މާލޭގެ ތިންތަނެއް ފުލުހުން ބަލާ ފާސް ކުރީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގަ އެވެ. މި ތުހުމަތުގައި ބަލާ ފާސް ކޮށްފައި ވަނީ މއ.ކިނާރާ ހައުސް، މއ.މަނޫނާގެ އަދި މއ.އެނބުގައި ހުންނަ އެޓިކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އޮފީހެވެ.
ފާސްކުރި ތަންތަނުން މައްސަލައާއި ގުޅުންހުރި ތަކެތި އަތުލާފައިވާއިރު އަތުލައިގަތް މީހުން އަތުލައިގަތީ ބޮން ކަމަށް ޝައްކުވާ އެއްޗެއް ހެދުމުގައި ހަރަކާތްތެރިވަމުން ދަނިކޮށްކަމަށްވެސް މަޢުލޫމާތު ލިބެ އެވެ.
ހޯމަ ދުވަހުގެ ރޭ ފާސްކުރި އެޓިކް އިންޓަނޭޝަންލް އަކީ ބިދޭސީން ރާއްޖެ އެތެރެ ކުރާ ކޮމްޕެނީ އެކެވެ. އަދި އެރޭ ހައްޔަރު ކުރެވުނު އިއުތިސާމް އަކީ އައިއެސް އަށް ވާގި ވެރިވާ ގޮތަށް ވާހަކަ ދައްކާ މީހެއްކަމަށްވެސް މަޢުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް