ސައްކެޔޮ އޮށުން ޗޮކުލެޓު އުފައްދަނީ!

ސައްކެޔޮލުގެ އޮށުން ޗޮކުލެޓު އުފެއްދޭނެ ކަމަށް ބަލައި އެކަމުގެ ދިރާސާތައް ކުރަން ފަށައިފި އެވެ. މި މަސައްކަތް ފަށާފައިވަނީ ކެނެޑާގެ ޔުނިވާސިޓީ އޮފް ސޯ ޕައުލޯގެ ޓީމަކުންނެވެ. އެމީހުން ބުނީ ޗޮކުލެޓު އުފ...

26 Apr 2017 | 02:36

ސައްކެޔޮލުގެ އޮށުން ޗޮކުލެޓު އުފެއްދޭނެ ކަމަށް ބަލައި އެކަމުގެ ދިރާސާތައް ކުރަން ފަށައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ ކެނެޑާގެ ޔުނިވާސިޓީ އޮފް ސޯ ޕައުލޯގެ ޓީމަކުންނެވެ. އެމީހުން ބުނީ ޗޮކުލެޓު އުފައްދަން އާންމުކޮށް ބޭނުން ކުރާ އެއްޗެހި ލިބުން ދަތިވެފައިވާ ކަމަށެވެ.

އެޓީމުން ބުނީ ދެން ޗޮކުލެޓު ހަދަން ބޭނުން ކުރެވިދާނެ އެއްޗެއް ހޯދުމުގެ ގޮތުން ބެލީ މީރު ވަސްދުވާ ކޮކޯ ރަހަ ލާނެ ކާއެއްޗަކަށް ކަމަށެވެ. އެގޮތުން ސައްކެޔޮ އޮށުގައި އެބައިތައް ހިމެނޭކަމަށާއި ސައްކެޔޮލަކީ ޗޮކްލެޓު ހަދަން ފަށައިގެން ކެނަޑާގައި އެހާ އަވަހަށް ހުސްވާނެ އެއްޗެއްވެސް ނޫން ކަމަށެވެ.

ކެނެޑާގައި ސައްކެޔޮލަކީ އާންމުކޮށް މީހުން ކާ މޭވާއެއް ނޫނެވެ. ކެޔަސް ކަނީ ފަގިރު ހިސާބުތަކުގައި އުޅޭ މީހުންގެ ތެރެއިން މަދު ބައެކެވެ.

އެޓީމުން މިހާރު ގެންދަނީ ސައްކެޔޮގެ އޮށް އެކި ގޮތްގޮތުން ދިޔާއެއްޗަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ފަހުގައި އެ ފުށަށް ބަދަލުކޮށް އެކި ޓެމްޕަރޭޗާތަކުގައި ކޮކޯ ރަހަ އަންނަން ދެން ހޫނު ކުރާނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް