ކެންސަރު ބަލިން ސަލާމަތްވިތާ ފަސް އަހަރު ފުރުން މަނީޝާ ފާހަގަ ކުރަނީ

ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަނީޝާ ކޮއިރަލާ ކެންސަރު ބަލިން ސަލާމަތްވިތާ ފަސް އަހަރު ފުރުން ފާހަގަ ކުރަން ނިންމައިފި އެވެ. މަނީޝާގެ އޯވަރީއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2012 ވަ...

26 Apr 2017 | 01:35

ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަނީޝާ ކޮއިރަލާ ކެންސަރު ބަލިން ސަލާމަތްވިތާ ފަސް އަހަރު ފުރުން ފާހަގަ ކުރަން ނިންމައިފި އެވެ.

މަނީޝާގެ އޯވަރީއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2012 ވަނަ އަހަރު އެވެ.

މި ހަފްތާގައި ބޭއްވި ތަފާތު ބަލިތަކުން ރައްކާތެރިވުމާއި ޔޯގާ އާއި ގުޅޭ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން މަނީޝާ ބުނީ ވަރަށް އަވަހަށް ކެންސަރު ބަލިން ސަލާމަތްވިތާ ފަސް އަހަރު ފުރުން ފާހަގަ ކުރުމަށް ހަފްލާއެއް ބާއްވާނެ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.

މަނީޝާއަށް ކެންސަރު ޖެހުމުން އިންޑިއާގައި އޮޕަރޭޝަން ކުރުމަށް ފަހު، އޭނާ ވަނީ ފަހުން އިނގިރޭސިވިލާތަށް ކީމޯ ތެރެޕީ ހަދަން ގޮސްފައި އެވެ. އެ ގައުމުގައި ދެ ތިން އަހަރު ހޭދަކުރުމަށް ފަހު އެނބުރި އައިސް މަނީޝާ ވަނީ އޭނާ ކެންސަރު ބަލިން ސަލާމަތްވެފައިވާކަން އިއުލާނުކޮށްފައި އެވެ.

އަދި ބުނީ އޭނާ އެބަލިން ސަލާމަތްވީ ރަނގަޅު ޑޮކްޓަރެއް ލިބި އާއިލާގެ އެހީތެރިކަމާއި އެކު ކަމަށެވެ.

މަނީޝާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރަމުންދާ ފިލްމުންނެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ސަންޖޭ ދަތުގެ މަންމަގެ ރޯލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް