ރައީސް ޓްރަމްޕްގެ ދިފާއުގައި ދަރިކަނބަލުން އިވަންކާ!

ބާލިންގައި އޮތް ޖީ20 ވިމެންސް ސަމިޓްގައި ވާހަކަދައްކަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އޭނާ ދިފާއު ކޮށްފި އެވެ. ޓްރަމްޕް ދިފާޢުކޮށް އިވަންކާ ވާހަކަ ދައްކާފައިވަނީ އެ ސަ...

26 Apr 2017 | 01:00

ބާލިންގައި އޮތް ޖީ20 ވިމެންސް ސަމިޓްގައި ވާހަކަދައްކަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އޭނާ ދިފާއު ކޮށްފި އެވެ.

ޓްރަމްޕް ދިފާޢުކޮށް އިވަންކާ ވާހަކަ ދައްކާފައިވަނީ އެ ސަމިޓްގެ ތެރެއިން އަންހެނުންގެ ތެރޭގައި ތިބޭ އަމިއްލަ ވިޔަފާރީތައް ކުރާ ފަރާތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަނެއްގެ ތެރެއިންނެވެ.

ބައްޕަގެ ދިފާޢުގައި އިވަންކާ ބުނެފައިވަނީ އޭނާގެ ބައްޕައަކީ އާއިލާގެ ކަންކަމުގައި އެންމެނަށް ހިތްވަރުދީ އަދި ކަންކަމުގައި ކުރިއަށް ދިއުމަށް އެއްބާރުލުން ދިނުމުގައި ޗެންޕިއަނެއްކަމަށެވެ. ޓްރަމްޕާއި ބެހޭގޮތުން މީޑިއާތަކުގައި ދެކެވޭ ވާހަކަތައް އަޑުއިވޭކަމަށާއި އެއީ އޭގައި އެއްވެސް ހަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް އޭނާ ބުންޏެވެ. އަދި ބައްޕަ އަބަދުވެސް ކުރިއަށް ދިއުމަށް އޭނާއަށް ހިތްވަރުދޭކަމަށާއި، ކުރިއަށް ދިއުމަށް އެއްވެސް އިރަކު ހުރަސްއަޅާފައި ނުވާކަމަށް އިވަންކާވަނީ ބުނެފައެވެ.

އިވަންކާގެ މި ވާހަކަތައް އަޑުއަހާފައި އެވަގުތު ޕެނަލްގައި ތިބި ބައެއް މީހުންވަނީ އޭނާއަށް މަލާމާތުގެ އިޝާރާތްތަކެއް ކޮށްފައެވެ.

އަންހެނުންނާއި މެދު ޓްރަމްޕް ތަފާތުކުރުންތައް ގެންގުޅޭ ވާހަކަ އަބަދުވެސް އަންނަނީ ދެކެވެމުންނެވެ. ޚާއްޞަކޮށް އެމެރިކާގެ ރިޔާސީ އިންތިޙާބުގެ ދުވަސްކޮޅު އާންމުވި، ޓްރަމްޕް އަންހެނުންނަށް ފާޑުކިޔާ މާލާމަތްކުރާ ވީޑިއޯއަކީ މިވާހަކަތައް އެންމެ ގަދަޔަށް ދެކެވެން މެދުވެރިވި އެއް ސަބަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް