ޕީޓްސްބާގްގައި ބޮން ގޮއްވާލީ އަލްގައިދާ ކަމަށް ބެލެވެން ފަށައިފި

މި މަހުގެ ކުރީކޮޅު ރާޝިއާގެ ސިޓީއެއްކަމަށްވާ އެސްޓީ ޕީޓްސްބާރގްގެ މެޓްރޯ ރެއިލްވޭއެއްގައި ބޮން ގޮއްވާލި ހާދިސާގައި ޒިންމާވާ ފަރާތަކީ އަލްޤައިދާ ޖަމާޢަތް ކަމައް ބެލެވެން ފަށައިފިއެވެ. ރިޕޯޓުތައް ބުނާގޮ...

26 Apr 2017 | 00:50

މި މަހުގެ ކުރީކޮޅު ރާޝިއާގެ ސިޓީއެއްކަމަށްވާ އެސްޓީ ޕީޓްސްބާރގްގެ މެޓްރޯ ރެއިލްވޭއެއްގައި ބޮން ގޮއްވާލި ހާދިސާގައި ޒިންމާވާ ފަރާތަކީ އަލްޤައިދާ ޖަމާޢަތް ކަމައް ބެލެވެން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ޙަމަލާދީފައިވަނީ އަލްޤައިދާ ޖަމާޢަތުގެ ލީޑަރެއްގެ އެންގުމަށްކަމަށް ދޭހަވާ މެސެޖުތަކެއް އަލްޤައިދާއަށް ތާޢިދުކުރާ ފާރާތްތަކުން ޓެލެގްރާމް މެސެޖިންގް އެޕްގެ ގުރޫޕެއްގައި ދައްކާފައިވާކަމަށެވެ.  ނަމަވެސް އެ ޙަމަލާގެ ޒިންމާ އަދި ވަކި ފަރާތަކުން ނަގާފައެއް ނުވެއެވެ.

ޖާނުން ފިދާވެގެންދިން އެ ޙަމަލާގައި 16 މީހަކުވަނީ މަރުވެފައެވެ.

އެ ޙަމަލާއަކީ ރަޝިއާއިން، ސީރިޔާ އަދި ލީބިއާފަދަ މުސްލިމު ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިވެރިވެ ދެމުންދާ ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާއެއް ގޮތުގައި ބެލެވޭކަމަށް ރަޝިއާގެ ކަމާބެހޭ ފާރާތްތަކުން ކުރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް