އިދިކޮޅު ކޯލިޝަނުން ލަންކާގައި ތިބި ޑިޕްލޮމެޓުންނާއި ބައްދަލު ކުރަނީ

އިދިކޮޅު ޕާޓީތައް އެކުވެގެން އުފައްދާފައިވާ ކޯލިޝަންގެ ބޭފުޅުން ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލު ކުރައްވަން ފައްޓައިފި އެވެ. މި ބައްދަލުވުންތަކުގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަ...

26 Apr 2017 | 00:38

އިދިކޮޅު ޕާޓީތައް އެކުވެގެން އުފައްދާފައިވާ ކޯލިޝަންގެ ބޭފުޅުން ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލު ކުރައްވަން ފައްޓައިފި އެވެ.

މި ބައްދަލުވުންތަކުގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވާ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނަވަ އެވެ. އިދިކޮޅު ޕަޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއަށް ބައްދަލުވުމުގައި ބައިވެރިވުމަށް ޓީމާއި އެކު ލަންކާއަށް ނުދެވުނީ އެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

މި ބައްދަލުވުންތަކާއި ގުޅޭގޮތުން ކޯލިޝަނުން ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތާއި ސިޔާސީ ލީޑަރުން ހައްޔަރު ކުރަމުންދާ ގޮތުގެ ވާހަކަ ޑޮޕްލޮމެޓުންނާއި ހިއްސާ ކުރާނެ ކަމަށެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ކަމާއި ރައްކާތެރިކަން ރާއްޖޭގައި ނެތްކަން އެ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށް ކޯލިޝަނުން މި ދަތުރާއި ބެހޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

އެގޮތުން އިއްޔެ ވަނީ އިނިގޜޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް އާއި ބައްދަލު ކުރައްވާފައި އެވެ.

އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ލަންކާގައި ތިއްބެވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވީ އެ ގައުމުގައި އެވެ. ބެލެވޭގޮތުގަ މި ބައްދަލުވުންތަކުގައި އެމަނިކުފާނުވެސް ބައިވެރިވެވަޑައިގެންނަވާނެ އެވެ.

މީގެ ކުރިން އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރާ، އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރާއި ކަންބޮޑުވުންތައް ހިއްސާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް