ދަރުމަވަންތަ އައިސީޔޫގައި ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ މީހާ ރަނގަޅުވެއްޖެ

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސޫޔޫގައި ފަރުވާ ދެމުންދިޔަ މީހާ ބަލިން ރަނގަޅުވެއްޖެ އެވެ. މިހާރު ރާއްޖޭގައި ކޮރޯވާ ވައިރަހަށް ފަރުވާދެމުންދަނީ ހަތަރު މީހުންނަށެވެ. މި ބަލި...

26 Mar 2020 | 16:18

ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސޫޔޫގައި ފަރުވާ ދެމުންދިޔަ މީހާ ބަލިން ރަނގަޅުވެއްޖެ އެވެ.

މިހާރު ރާއްޖޭގައި ކޮރޯވާ ވައިރަހަށް ފަރުވާދެމުންދަނީ ހަތަރު މީހުންނަށެވެ. މި ބަލި މިހާތަނަށް ޖެހިފައިވަނީ13 މީހުންނަށެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މިހާތަނަށް އެ ހޮސްޕިޓަލުގައި ފަރުވާދިނީ ތިން މީހުންނަށް ކަމަށެވެ. އެ އެންމެން މިއަދު ރަނގަޅުވީ ކަމަށާއި މިއަދު ބަލިން ރަނގަޅުވި މީހާ ރަނގަޅުވި ކަމަށް ބެލީ އަލާމާތްތައް ފިލުމުން ދެ ފަހަރު ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ކަމަށެވެ.

ޑރ. މުހައްމަދު ވިދާޅުވީ މިހާލަތުގައި އަދިވެސް ރައްޔިތުން ފަރުވާ ކުޑަކޮށްގެން ނުވާނެކަމަށެވެ. މިބަލި ރާއްޖޭގައި ފެތުރަނަނުދީ ކޮންޓްރޯކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކަމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން ވައިރަހަށް ޕޮސިޓީވްވީ ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހުން، ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހުން، ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހުން، އައިލެންޑް ސަފާރީން ދެ މީހުން، އަނަންތަރަ ދިގުން 2 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް