ދިރާގު ބްރޯޑްބޭންޑް ޕެކޭޖު ހުސްވީތަ؟ ހާސްނުވޭ. މި މަހުގެ ނިޔަލަށް ބޫސްޓަރު 50 % އަގުހެޔޮ

ދިރާގުގެ ފިކްސް ބްރޯޑްބޭންޑް ބޭނުންކުރަމުން އަންނަ ފަރާތްތަކަށް ހަމަ ގައިމުވެސް މި ވެގެން ދާނީ އުފާވެރި ހަބަރަކަށެވެ. ޕެކޭޖު ހުސްވުމުން، ގަންނަން ލިބޭ ބޫސްޓަރ އަގުތައް މިވަނީ ހަމަ ކޮންމެ ބޫސްޓަރެއްގެވ...

26 Mar 2019 | 13:53

ދިރާގުގެ ފިކްސް ބްރޯޑްބޭންޑް ބޭނުންކުރަމުން އަންނަ ފަރާތްތަކަށް ހަމަ ގައިމުވެސް މި ވެގެން ދާނީ އުފާވެރި ހަބަރަކަށެވެ.

ޕެކޭޖު ހުސްވުމުން، ގަންނަން ލިބޭ ބޫސްޓަރ އަގުތައް މިވަނީ ހަމަ ކޮންމެ ބޫސްޓަރެއްގެވެސް 50 އިންސައްތަ ދިރާގުން ހެޔޮކޮށްފައެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑްގައި ހިމެނޭ ބޫސްޓަރ ތަކަކީ، ޕެކޭޖުގެ ފެއަރ ޔޫސޭޖް އެލަވަންސަށް ރީޗްވެ ކަނެކްޝަން ލިމިޓް ވުމުން، ޕެޖޭޖްގެ ފުލް ސްޕީޑް އަލުން އެކްޓިވޭޓް ކޮށްލަދޭ ފީޗަރ އެކެވެ.

ދިރާގުން ހާމަކޮށްފައިވާގޮތުގައި މި ޕްރޮމޯޝަންގައި ބިޒްނަސް އަދި އާންމު ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ބޫސްޓަރ ތަކުގެ އަގަށް އަންނަ ބަދަލަށް ބަލާއިރު ތިން ޖީބީގެ ބޫސްޓަރެއް މިހާރު ހަމަ އެންމެ 15 ރުފިޔާއަށް ލިބޭނެވެ. 8 ޖީބީގެ ބޫސްޓަރެއް ހަމަ އެންމެ 37 ރުފިޔާ 50 ލާރިއަށް ލިބޭނެއެވެ. 15 ޖީބީގެ ބޫސްޓަރެއް 65 ރުފިޔާއަށް ލިބޭއިރު 30ޖީބީގެ ބޫސްޓަރެއް 125 ރުފިޔާއަށް ލިބޭނެއެވެ. އަދި 75 ޖީބީގެ ބޫސްޓަރެއް 300 ރުފިޔާއަށް ލިބޭއިރު 100 ޖީބީގެ ބޫސްޓަރެއް 395 ރުފިޔާއަށް ލިބޭނެއެވެ.

ބިޒްނަސް ޕެކޭޖުގެ އަގުތަކަށް އަންނަ ބަދަލަށް ބަލާއިރު 15 ޖީބީގެ ބޫސްޓަރެއް 125 އަށް ލިބޭއިރު 30 ޖީބީގެ ބޫސްޓަރެއް 200 އަށް ލިބެއެވެ. 60 ޖީބީގެ ބޫސްޓަރެއް 375 އަށް ލިބޭއިރު 115 ޖީބީގެ ބޫސްޓަރެއް 500 އަށް ލިބެއެވެ. އަދި 230 ޖީބީގެ ބޫސްޓަރެއް 750 އަށް ލިބެއެވެ.

ދިރާގު މޯބައިލް އެޕްލިކޭޝަނުންނާއި ވެބް ޕޯޓަލް އިން ބޫސްޓަރު އެކްޓިވޭޓް ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް