ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ މުހައްމަދު އަތީފަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންގޮސްފިއެވެ.
އަތީފުގެ ތާއީދު އަނބުރާ ގެންގޮސްފައިވަނީ، ޕްރޮގްރެސިވް ކޯލިޝަންގެ އޮފީހަށް، އެ ކޯލިޝަންގެ މެމްބަރުންތަކެއް ވަނުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ. އަތީފް ވަނީ މިދޭތެރެއިން ޕްރޮގްރެސިވް ކޯލިޝަންގެ އޮފީހަށް ވަދެ، މެމްބަރުން ވަނަ ނުދީ ވަރަށް ގިނައިރު ވަންދެން ހިފަހައްޓާފައިކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ. މިއަދު ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެބޭފުޅުންނާ ކުރި މަޝްވަރާއަކާއި ގުޅިގެން އޮފީހަށް އައިސް ގަބޫލް ނުކުރާ އުސޫލަކަށް އަތީފް ކަންތައްތައް ކޮށްފައިވާކަމަށެވެ. އަދި އެ މައްސަލަ އެ ކޯލިޝަންގެ ސުލޫކީ ކޮމިޓީން ބަލަމުންދާނެ ކަމަށް އުންމީދު ކުރާކަމަށްވެސް އަބްދުރަހީމް ވިދާޅުވިއެވެ.
އެކޯލިޝަނުން މިހާރު ތާއީދުކުރަން ނިންމާފައިވަނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ޒަހީނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް