ފަޒީލް ދޫކޮށެއް ނުލާ: ފުލުހުން

ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު ފަޒީލް ދޫކޮށްލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރިނަމަވެސް، ފަޒީލް ދޫކޮށްނުލާ ކަމަށް ފުލުހުން ބުނެފިއެވެ. މި ނޫހަށްވެސް ލިބުނު މައުލޫމާތަކަށް ރިއާޔަތްކ...

26 Mar 2019 | 10:19

ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު ފަޒީލް ދޫކޮށްލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރިނަމަވެސް، ފަޒީލް ދޫކޮށްނުލާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ނޫހަށްވެސް ލިބުނު މައުލޫމާތަކަށް ރިއާޔަތްކޮށް އެ މޭރުމުން ހަބަރު ގެނެސްދެވިފައިވާނެއެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ، ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނުކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. މި ތިން މީހުންގެ ތެރޭގައި ފަޒީލްވެސް ހިމެނެއެވެ.

ފުލުހުން ބުނިގޮތުގައި، މި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ލ.ގަން މެޖިސްޓްރޭޓް ކޯޓުންނެވެ.

ޝިމާގެ ކޮއްކޮ ގޮވައިގެން ފަޒީލްއާއި އިތުރު ދެމީހަކު ފިލަން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ލ.މާމެންދޫ އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް