ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ވަޒީފާ ދޭން ނިންމައިފި

ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކުރި 104 މީހަކަށް ވަޒީފާދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ކުރީގެ ސަރުކާރުގައި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކު...

26 Mar 2019 | 10:05

ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކުރި 104 މީހަކަށް ވަޒީފާދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުގައި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި މީހުން ހުށައެޅި ޝަކުވާތަކަށް ބެލުމަށްފަހު ވަޒީފާ އަލުން އިޢާދަކުރަން ފެންނަކަމަށް މިހާތަނަށް ފާހަގަކުރެވިފައިވަނީ 104 ފަރާތެއްކަމަށާއި، ބައެއް ފަރާތްތަކަކަށް މިހާރު ވަޒީފާ އިޢާދަކޮށްދެއްވާފައިވާނެކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކި ކޮއްފައިވާ މުވައްޒަފުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން އަށް ސަތޭކަ ބާރަ ޝަކުވާ ހުށަހަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވިއެވެ. އަދި ހުށަހަޅަފައިވާ ހުރިހައި ޝަކުވާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ" އިން ބެލިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން 169 ޝަކުވާއާ ގުޅިގެން އަލުން މައުލޫމާތު ހޯދުމަށް އެ ޝަކުވާ ރައްދުވާ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.

ހަމައެއާއެކު މިހާތަނަށް ލިބިފައިވާ ހުރިހާ ޝަކުވާތަކަށްބެލުމައްފަހު، ވަޒީފާ އަލުން އިއާދަކުރުމަށް ފެންނަ 104 ފަރާތެއް ހިމެނޭކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް