ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުރި ނޫޑްސް ކަޑައަކުން، ފެނުކެއްކި 130 ބިސް ވަގަށް ނެގި މައްސަލަ ބައިނަލް އަގްވާމީ މީޑީއާގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
މި މައްސަލަ ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަމަށް އައިސް ބޮޑެތި މީޑިއާތަކުން މި ހަބަރު ގެނެސްދީފައިވަނީ، ވައްކަންކުރި ކަޑައިން އިތުރު އެއްވެސް އެއްޗެއް ވަގަށް ނަގާފައިނުވާތީއެވެ. ވައްކަން ކުރި އިރު، އެ ކަޑައިގެ ކައުންޓަރުގައި ބައިވަރު ފައިސާވެސް ހުރިކަމަށް ވެއެވެ.
އެ ކަޑައިގެ ވެރިޔާ ބުނެފައިވަނީ ބިސް ވަގަށް ނަގާފައިވާކަން އެނގުނީ ކަސްޓަމަރުންތަކަކަށް ކެއުން ތައްޔާރު ކުރަން އުޅުނު ވަގުތެއްގައި ކަމަށެވެ. އަދި އެހާ ގިނަ އަދަދަކަށް ފެނުކެއްކި ބިސް ވަގަށް ނަގާފައިވުމުން މުޅި ދުވަހު އެ ކަޑަ ބަންދުކުރަން ޖެހުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް