ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ތަހުނިޔާ ވިދާޅުވައިފި

ބަންގަލަދޭޝްގެ މިނިވަން ދުވަހާ ގުޅިގެން، އެ ގައުމުގެ ރައީސް އެމް.ޑީ. ޢަބްދުލްޙާމިދަށާއި، ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވައިފިއެވެ. ރައީސް ސޯލިހު ފޮނު...

26 Mar 2019 | 09:40

ބަންގަލަދޭޝްގެ މިނިވަން ދުވަހާ ގުޅިގެން، އެ ގައުމުގެ ރައީސް އެމް.ޑީ. ޢަބްދުލްޙާމިދަށާއި، ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވައިފިއެވެ.

ރައީސް ސޯލިހު ފޮނުއްވެވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ، ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

‏ހަމައެއާއެކު، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައި ވެއެވެ.

އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް އެކުވެރި ގުޅުމާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ‏‏މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް