ސާވަންގެ ފަސް ވަނަ ބައްދަލުވުން މިއަދު ފަށައިފި

ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމެންޓް ނެޓްވޯކް (ސާވަން)ގެ ފަސް ވަނަ އެގްޒެކަޓިވް ކޮމިޓީ ބައްދަލުވުން މިއަދު ފަށައިފިއެވެ. މިއަދު ޗަންޕާ ހޮޓެލްގައި ބޭއްވި ހަފްލާގައި އެ ބައްދަލުވުން ފައްޓަވައިދ...

26 Mar 2019 | 09:11

ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމެންޓް ނެޓްވޯކް (ސާވަން)ގެ ފަސް ވަނަ އެގްޒެކަޓިވް ކޮމިޓީ ބައްދަލުވުން މިއަދު ފަށައިފިއެވެ.

މިއަދު ޗަންޕާ ހޮޓެލްގައި ބޭއްވި ހަފްލާގައި އެ ބައްދަލުވުން ފައްޓަވައިދެއްވީ އެންވަރަންމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަސީރެވެ.

މިއަދު ރާއްޖޭގައި ފެށި ފަސް ވަނަ ކޮމެޓީ ބައަދަލުވުމުގައި ސާވަންގެ ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ހުރިހާ ސާވަންގެ ކަންތައްތައް ބަލަހައްޓާ ފޯކަލް ޕޮއިންޓް ބައިވެރިވެ، ފާއިތުވި އަހަރު ސާވަންގެ ކުރެވުނު ކަންތައްތައް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަރަމެންޓް މިނިސްޓްރީއިން ބުނެފައިވެއެވެ.

ހަމައެއާއެކު، އިސްލާހު ކުރަން ޖެހޭ ކަމެއް ވާނަމަ އެކަމެއް އިސްލާހުކޮށް ފާއިތުވެ ދިޔަ އަހަރުތަކުގެ ފިލާވަޅުތައްވެސް ހިއްސާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް