ކެނޑިޑޭޓެއްގެ ފަހަތަށް އެރުމަކަށް އެއްވެސް ކެނޑިޑޭޓަކާއި މަޝްވަރާއެއް ނުކުރަން – ފަޔާޒް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަނޑިތީމު ދާއިރާ އަށް ވާދަ ކުރައްވާ އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް އެރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އެހެން ކެނޑިޑޭޓެއްގެ ފަހަތަށް އަރަނ...

26 Mar 2019 | 09:05

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަނޑިތީމު ދާއިރާ އަށް ވާދަ ކުރައްވާ އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް އެރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އެހެން ކެނޑިޑޭޓެއްގެ ފަހަތަށް އަރަންޖެހޭ ސަބަބެއް ފެންނަން ނެތް ކަމަށް އެދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ 1 ނަންބަރު ކެނޑިޑޭޓް ފަޔާޒް ޔޫސުފް ވިދާޅުވެއްޖެއެވެ.

ފަޔާޒް މިހެން ވިދާޅުވީ ދުވަސް އޮންލައިން އިން އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް އެރުމުގެ ވިސްނުން ގެންގުޅުއްވާތޯ ސުވާލު ކުރުމުންނެވެ. ފަޔާޒް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވޭނޭ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި ފަޔާޒް ދާއިރާއަށް ވާދަ ކުރައްވަން ނިންމެވިއިރު ވެސް ވަކި ހިސާބަކުން އެހެން ކެނޑިޑޭޑަކާއި ޑީލެއް ހަދައި އެހެން ކެނޑިޑޭޓެއްގެ ފަހަތަށް އަރަން ވިސްނުންވެސް ގެންގުޅެފައި ނުވާކަމަށެވެ. އަދި އިންތިޚާބުގެ ބޮޑު މަންޒަރު ސާފު ކަމަށާއި ފަޔާޒް އަށް އޮތް ތާއީދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށާއި ފަޔާޒް އިންތިޚާބު ކުރުމަށް ކެތްމަދުވެފައި ތިބި ދަރީންގެ ބޮލުގައި އޭނާ ކޮޅުފައިން ނުޖަހާނޭ ކަމަށެވެ. " 30 އަހަރު ދާއިރާއަށް ވެފައިވާ އިޙްމާލުން ދާއިރާ ސަލާމަތް ކުރަން އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުން، ކެންޕެއިން ވެސް ވަރަށް ކާމިޔާބު، އަޅުގަނޑު މިހުރީ ވަރަށް ސާބިތު ކަމާއި އެކު " ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒް އިތުރަށް ވިދާޅުވީ އިވޭ ކޮންމެ އަޑަކީ ހަގީގަތެއް ނޫން ކަމަށާއި ފަޔާޒް ހުރީ ނުގުޑާ ފަދަ ވަރުގަދަ އަޒުމެއް ގައި ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުން ނަށް ފޯނު ނަންބަރު ހިއްސާ ކުރައްވަމުން ގެންދަވަނީ އިވޭ އަޑުތަކަށް ޖަވާބު ދިނުމަށް ކަމަށާއި ގޭގެއަށް ޒިޔާރާތް ކުރާއިރު އެވަގުތު ބައްދަލުވި ބޭފުޅަކަށް ނަންބަރާއި ތައާރަފް ހިއްސާ ކޮށްފައި ވާނޭ ކަމަށެވެ. " އަޅުގަނޑު އެދެން އަޅުގަނޑާއި ގުޅޭ ގޮތުން އިވޭ އަޑުތަކާއި ގުޅިގެން ކަމެއް ސާފުކޮށްލަން ބޭނުންފުޅު ބޭފުޅުން އަޅުގަނޑަށް ގުޅާލުން ނުވަތަ މެސެޖް ކޮށްލެއްވުން، އަދި އަޅުގަނޑުގެ ނަންބަރު ލިބިފައި ނުވާ ބޭފުޅުން ދާއިރާގެ ވައިބަރ ގުރޫޕުން ނުވަތަ އެހެންބޭފުޅެއްގެ އަތުން ނަންބަރު ހޯއްދަވައި ގުޅުން ބަދަހި ކުރެއްވުން އަޅުގަނޑު އެދެން" ފަޔާޒް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް