މި މަހުގެ 12 ވަނަ ދުވަހު ތ. ތިމަރަފުށީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުލޭޚާ އަބްދުލް ޣަނީއަށް އިތުރު ފަރުވާ ދިނުމަށް ލަންކާއަށް ގެންގޮސްފިއެވެ.
ލަންކާއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެކްސިޑެންޓުގައި އަނިޔާވި އުމުރުން 52 އަހަރުގެ އަންހެން މީހާއަކީ ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތެއެވެ. ގިޔާސް ބުނެފައިވަނީ އަދިވެސް ޒުލޭހާ ހޭނާރާ ކަމަށާއި، އެކްސިޑެންޓުގައި ޒުލާޚާގެ ސިކުނޑިއަށް ލޭ އެޅުމުން އޭޑީކޭ ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރިކަމަށެވެ. އަދި އޭނާ އަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރގެ އެހީގައި ކަމަށްވެސް ބުނެފައި ވެއެވެ.
އެކްސިޑެންޓުވެ ޒުލޭހާގެ މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކައްޓަކާއި ދެ ދަތް ވެސް ބިދިފައިވެއެވެ.
އަދި އެކްސިޑެންޓް ހިނގާފައި ވަނީ ތިމަރަފުށީ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން އޭނާ ހިނގާފައި ދަނިކޮށް ވޭނެއް ކޮންޓްރޯލު ނުވެގެން ގޮސް އޭނާގެ ގައިގާ ޖެހިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް