ކުންމިން ފެއާގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބާއްވާ ފެއާގައި ބައިވެރިވުމުގެ ފުރުސަރު ފުޅުވާލައިފި އެވެ. އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖޫން މަހުގެ 12 އިން 18 އަށް ޗައިނާގައި ...

26 Mar 2019 | 07:58

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބާއްވާ ފެއާގައި ބައިވެރިވުމުގެ ފުރުސަރު ފުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖޫން މަހުގެ 12 އިން 18 އަށް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއާ 2019"ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން، ކުންމިން ފެއާގައި ދިވެހި އުފެއްދުންތައް ޑިސްޕްލޭކޮށް ވިއްކުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި މި ފެއާއަކީ ދިވެހި އުފެއްދުންތައް ވާދަވެރި މާކެޓުތަކުގައި ވިއްކުމަށް ލިބޭނެ ފުރުސަތެއް ކަމަށާއި، ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޭޕްރީލް ހަތަކާ 11 އާ ދެމެދު، އެކަމަށް ހާޢްސަ ފޯމު ފުރިހަމަކުރުމަށް ފަހު އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.

އަދި، ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އިކޮނޮމިކް މިނިސްޓްރީ އިން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް