ދަގަނޑު ގޭސްގުޅި ގެންގުޅޭ ކަސްޓަމަރުންނަށް ލުއިފުޅިއަށް ބަދަލުވުކުރުމަށް ހާއްސަ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިފިއެވެ.
"ލުއިފަސޭހަ ޕްރޮމޯ 2019" ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަން އަކީ ރޯދަމަހާ ދިމާކޮށް ކަސްޓަމަރުންނަށް ފަސޭހައިން ލުއިފުޅި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފެށި ޕްރޮމޯޝަންއެކެވެ.
އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ލުއިފުޅިއަށް ބަދަލުކުރާ ކަސްޓަމަރުންނަށް 1000 ރުފިޔާ އަށް ލުއި ފުޅި ގަނެވޭނެއެވެ. އަދި އަލަށް މޯލްޑިވް ގޭހުގެ ލުއިފުޅި ގަންނަ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގެ ދަށުން ލުއި ފުޅި ގަތުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ފުޅި ބަދަލުކޮށްދިނުމާއި އަލަށް ގަންނަ ލުއިފުޅި ޑެލިވަރީކޮށްދިނުމުގެ ހިދުމަތް ހިލޭ ފޯރުކޮށްދޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެފައިވެއެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ލުއިފުޅި ގަންނަ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ލުއިފުޅީއަކީ ބޭނުންކުރުމަށް ސަލާމަތީ ގޮތުން އެންމެ ރަނގަޅު ގޭސްފުޅީ ކަމަށާއި، އަދި ބޭރުގައި ދަބަރުވެސް ނުޖަހާނެ ފަދަ ގޮތަކަށް ތައްޔާރު ކުރެވިފައިވާ ފުޅިއެއްކަމަށް ވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް