ފަލަސްތީނާއި އިސްރާއީލާއި ދެމެދު ހަމަލާތަކެއް ބަދަލުކޮށްފި

ފަލަސްތީނާއި އިސްރާއީލާއި ދެމެދު ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް ކުރިއަށް ގޮސްފިއެވެ. މި ހަމަލާތައް ފެށުނީ ނިމިގެން ދިޔަ ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފަލަސްތީނުން ފޮނުވާލި ރޮކެޓަކުން އިސްރާއ...

26 Mar 2019 | 06:50

ފަލަސްތީނާއި އިސްރާއީލާއި ދެމެދު ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް ކުރިއަށް ގޮސްފިއެވެ.

މި ހަމަލާތައް ފެށުނީ ނިމިގެން ދިޔަ ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފަލަސްތީނުން ފޮނުވާލި ރޮކެޓަކުން އިސްރާއީލުގެ ގެއަކަށް ގެއްލުންވެ ހަ މީހަކު ޒަހަމްވުމާއި ގުޅިގެންނެވެ. މިހަމަލާއާއި ގުޅިހެން ހަމާސްއިން އެއްވެސް ބަހެއް ނުބުނެއެވެ. އެހެންނަމަވެސް މި ހަމަލާގެ ރައްދުގައި އިސްރާއީލުން ވަނީ ވައިގެ މަގުން ހަމާސްގެ އިމާރާތްތަކަށް ހަމަލާދީފައެވެ. ގާޒާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ހަތް މީހަކު ވަނީ ޒަހަމްވެފައެވެ.

އިސްރާއީލްއިން ދިން ހަމާލާގެ ރައްދުގައި ގާޒާގެ ހަތިޔާރު އެޅި ޖަމާއަތްތަކުންވަނީ އިސްރާއީލްއަށް ގިނަ ރޮކެޓު ހަމަލާތަކެއް ދީފައެވެ. މިގޮތުން 30 ރޮކެޓެއް އިސްރާއީލަށް ވެއްޓިފައިވާކަމަށް އިސްރާއީލުންވަނީ ހާމަކޮށްފައެވެ.

މިހާރުވަނީ ހަމަލާތައް މެދު ކަނޑާލުމަށް ދެފަރާތުންވެސް އެއްބަސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް