ސްޓޭޓް ބެންކް އޮފް އިންޑިއާ އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ށ. އަތޮޅު ދޮޅިޔަދޫ ރިސޯޓުވިއްކާލަން އިއުލާނުކޮށްފި އެވެ.
މި ރިސޯޓް ވިއްކާލަން ނިންމާފައިވަނީ، އެސްބީއައިގެ އިތުރުން ބޭންކް އޮފް ސިލޯން އާއި ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮއްފައިވާ ލޯނު ނުދައްކައިގެން ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
އެގޮތުން އެ ރިސޯޓަށް އަގު ހުށަހަޅަން ޖެހެނީ މި މަހުގެ 21 އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ރިސޯޓުގެ ނީލަން ފެށެނީ 659.9 މިލިއަން ރުފިޔާ އިން ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.
މި ރިސޯޓުގެ އިތުރުން ޅ. މަދިރިގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް