ރަށްތައް މާލީގޮތުން ފުދުންތެރި ކުރުވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް ސޯލިހު

އަތޮޅުތަކުގެ ރަށްތައް މާލީގޮތުން ފުދުންތެރި ކުރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. "އައިލެންޑްސް ޑޮޓް އެމްވީ" ގެ ނަމުގައި ގާއިމް ކުރެވުނު އޮންލައިން...

26 Mar 2019 | 06:31

އަތޮޅުތަކުގެ ރަށްތައް މާލީގޮތުން ފުދުންތެރި ކުރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"އައިލެންޑްސް ޑޮޓް އެމްވީ" ގެ ނަމުގައި ގާއިމް ކުރެވުނު އޮންލައިން ޕޯޓަލް އިފްތިތާހު ކުރުމަށް ބޭޢްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ވެބް ޕޯޓަލް ގެ ސަބަބުން ރާއްޖޭގެ ރައްރަށާބެހޭ މަޢުލޫމާތުގެ އިތުރަށް މުއްސަނދިވެގެންދާނެކަމަށެވެ.

އަދި ރައްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާވެގެން ކުރިއަރަމުން ދާއިރު، މާލީގޮތުން ރަށްރަށުގެ ފުދުންތެރިކަން އިތުރުކޮށް، ރަށްތަކުގެ ކައުންސިލްތަކަށް ހިންގުމުގެ ހުރިހައި ބާރުތައް ދޫކޮށްލުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެގޮތުން އިޤްތިޞާދީގޮތުން ރަށްރަށުގައި ކަންކަން ހިންގުމާއި އެފަދަ މަގުތައް ފަހިކޮށްދިނުމުގެ ބާރުވެސް ކައުންސިލްތައް ދޫކޮށްލުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ހާމަކުރެއްވިއެވެ.

އެއް ރަށެއްގެ މައުލޫމާތު އަނެއް ރަށެއްގައި އުޅޭ ރައްޔިތުންނަށް އެނގިގެން ދިއުމަކީ މައުލޫމާތު މުއްސަނދު ވެގެން ދާނެ ކަމެއް ކަމަށާއި، ދިވެހިންނަކީ ކޮންބައެއްކަން އެކަކު އަނެކަކަށް އެނގިގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މައުލޫމާތުތައް މައުލޫމާތުތައް ދުނިޔެއާއި ރާއްޖޭގެ އެކިކަންކޮޅުތަކަށް ފެތުރުމުގެ ބާރު ދޫކޮއްލާނީ ކައުންސިލްތަކަށް ކަމަވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ރަށްރަށުގައި ހުންނަ އާސާރީ ތަންތަނާއި، އެރަށްރަށަށް ދަތުރުކުރެވޭނެ މަޢުލޫމާތާއި ރަށްރަށަށް ދަތުރު ފަތުރުކޮށް އުޅޭނެ ތާވަލެއްވެސް ހިމެނޭނެކަމަށާއި، އެހެންކަމުން ރާއްޖޭގެ ރަށްތަކާބެހޭ ހުރިހައި މަޢުލޫމާތެއް މި ޕޯޓަލްއިން ލިބި އެކަމުގެ ސަބަބުން ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވުމުގެ ފުރުސަތު ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް