އައިލެންޑްސް.އެމްވީ ވެބް ޕޯޓަލް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރައްވަން ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރެއިން، ލާމަރުކަޒީ ނިޒާމުގެ ދާއިރާއަށް އަމާޒުކުރައްވާފައިވާ ވައުދުގެ ދަށުން، ރަށު ކައުންސިލްތަކުން ބޭނުންކ...

26 Mar 2019 | 05:01

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރައްވަން ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރެއިން، ލާމަރުކަޒީ ނިޒާމުގެ ދާއިރާއަށް އަމާޒުކުރައްވާފައިވާ ވައުދުގެ ދަށުން، ރަށު ކައުންސިލްތަކުން ބޭނުންކުރުމަށްޓަކައި ފަރުމާކޮށްފައިވާ ވެބް ޕޯޓަލް "އައިލެންޑްސް.އެމްވީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ރޭ ހުޅުމާލޭ ޝްވެކް ސިނަމާގައެވެ.

އައިލެންޑްސް.އެމްވީ އިން ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، ރަށުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކެއްގެ މައުލޫމާތު އެއްތަނަކުން ލިބި، ރަށު ކައުންސިލްތައް މެދުވެރިކޮށް ހުރިހާ ދާއިރާއަކުން ރަށާބެހޭ މައުލޫމާތު އިސްތިހާރު ކުރެވޭނެ ފުރުސަތު ފަހިވެގެން ދާނެއެވެ. މިގޮތުން، އެރަށަކަށް ލިބިފައިވާ ޚާއްޞަ ކަންކަމާއި، ރަށުގައި ލިބެންހުރި ވަސީލަތްތަކާއި، ރަށުގެ އިޤްތިޞާދާ ބެހޭ މައުލޫމަތު ފޯރުކޮށްދޭނެ ޑިޖިޓަލް ފްރަންޓް އޮފީހެއްގެ ގޮތުގައި މި ވެބް ޕޯޓަލް ބޭނުން ކުރެވޭނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތަކީ ރަށްރަށް ހިންގުމުގެ ބާރު ސަރުކާރުން ދޫކޮށްލައި، ރަށު ކައުންސިލްތަކާ މުޅިން ހަވާލުކުރެއްވުންކަން ފާހަގަ ކުރެއްވިއެވެ.

އަދި ރޭ އިފްތިތާހު ވެގެންދިޔަ "އައިލެންޑްސް.އެމްވީ" ވެބް ޕޯޓަލްއަކީ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް