ލެބަނާންގެ ބޮޑުވަޒީރު ހިތުގެ ސާޖަރީއެއް ހައްދަވައިފި

ލުބުނާން ބޮޑުވަޒީރު ހިތުގެ ސާޖަރީއެއް ހައްދަވައިފި ލުބުނާންގެ ބޮޑުވަޒީރު ސާދް ހަރާރީ ހިތުގެ ނާރެއް ބެދުމާއި ގުޅިގެން ސާޖަރީއެއް ހައްދަވައިފިއެވެ. ހިތުގެ ނާރެއްކަމުގައިވާ އާޓަރީއެއް ބެދުމާއި ގުޅިގެން ހ...

26 Mar 2019 | 04:30

ލުބުނާން ބޮޑުވަޒީރު ހިތުގެ ސާޖަރީއެއް ހައްދަވައިފި

ލުބުނާންގެ ބޮޑުވަޒީރު ސާދް ހަރާރީ ހިތުގެ ނާރެއް ބެދުމާއި ގުޅިގެން ސާޖަރީއެއް ހައްދަވައިފިއެވެ.

ހިތުގެ ނާރެއްކަމުގައިވާ އާޓަރީއެއް ބެދުމާއި ގުޅިގެން ހެދި މި އެންޖިއޯޕްލާސްޓީ ހައްދަވާފައިވަނީ ފްރާންސުގެ ޕެރިހުގައެވެ. ހަރީރީގެ ރަސްމީ ފިޒީޝަން މައުލޫމާތު ދީފައިވާގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެއްދެވި މި ސާޖަރީ ކާމިޔާބު ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ޕެރިހުގައި ހުންނަ ހަރީރީގެ ގެފުޅަށް ބަދަލުކުރައްވާނެވެ.

ހަރީރީ ވަނީ 2009 ވަނަ އަހަރުން ފެށިގެން ތިން ފަހަރެއްގެ މަތިން ލުބުނާންގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. މިހާރު ކުރިއަށްދާ ތިންވަނަ ދައުރަށް ހަރީރީ ބޮޑު ވަޒީރުކަމަށް އިސްކުރެވުނީ ނިމިގެންދިޔަ ފެބްރުއަރީ މަހުގައެވެ.

ހަރީރީގެ ބައްޕާފުޅު ރާފިކް ހަރީރީވެސް ވަނީ ލުބުނާންގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެހެންނަމަވެސް 2005 ވަނަ އަހަރު ރާފިކް ހަރީރީ ވަނީ ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި މަރާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް