މާވަށު ސްކޫލު ބެލެނިވެރިންނަށް ފުލުހުން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ލ. މާވަށު ޕޮލިސް ސްޓޭޝަނާއި ލ. މާވަށު ސްކޫލު ގުޅިގެން އެސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. ފުލުހުން ބުނީ މާރިޗު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެން...

26 Mar 2018 | 10:30

ލ. މާވަށު ޕޮލިސް ސްޓޭޝަނާއި ލ. މާވަށު ސްކޫލު ގުޅިގެން އެސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ މާރިޗު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ މާވަށު ސްކޫލުގެ ބެލެނިވެރިން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރުއެޅުމުގެ ގޮތުން ލ. މާވަށު ސްކޫލާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މާވަށު ސްކޫލުގެ 31 ބެލެނިވެރިން ބައިވެރިވެފައިވާ މި ކަސްރަތު ޕްރޮގްރާމުގައި ދުޅަހެޔޮ ސިއްހަތައްގައި  ހުރުމަށް ކަސްރަތަކީ ކިހާ މުހިންމު އެއްޗެއްކަމާއި ފައިދާހުރި ގޮތެއްގައި ކަސްރަތުކުރުމުން ހަށިގަނޑަށް އަންނާނެ ބަދަލުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވާއިރު ކަސްރަތު ކުރަންވީ ރަނގަޅުގޮތައް ކިޔައިދެވޭނެ ކަމަށާއި އަހަރު ދުވަހަށް ބަހާލައިގެން ސިލްސިލާކޮސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދެނީ މާވަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުން ކަމުގައި ވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް