ތަހުގީގަށް ފަސް މީހަކު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލަ ތަކަކާއި ގުޅިގެން ފަސް މީހަކު ހޯދުމުގައި ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ. ހޯދަމުންދާ މީހުންނަކީ ސ.ހ...

26 Mar 2018 | 08:44

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލަ ތަކަކާއި ގުޅިގެން ފަސް މީހަކު ހޯދުމުގައި ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

ހޯދަމުންދާ މީހުންނަކީ ސ.ހިތަދޫ، އަޝްރަފްމަންޒިލް، އަޙްމަދު ނިޒާރު (29އ) އާއި ހދ.ކުޅުދުއްފުށި، ޝިއުނީވިލާ، މުޙައްމަދު ސިރާޖު (27އ) އާއި މ.މުލައް، ފެހިއަލި، ޢަލީ އަކްރަމް (28އ) އާއި ޏ.ފުވައްމުލައް، ދިގުވާޑު.ރޯޒީ، މުޙައްމަދު ސަޢީދު ޙުސައިން (36އ) އަދި ނ.ވެލިދޫ، ހުސްނޫގެ، އާދަމް ޙަސަންފުޅު (40އ) އެވެ.

ފުލުހުން ބުނީ މި ފަސް މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް