ބަތަލާ އަނުޝްކާ ޝަރުމާ ލީޑްރޯލް ކުޅެފައިވާ "ޕަރީ" ގެ ރިމޭކް ތަމަޅައިން ހަދަން ނިންމައިފި އެވެ.
ސައުތް އިންޑިއަން ފިލްމު އިންޑަސްޓްރީން މި ފިލްމު ތަމަޅަ ބަހުން ހަދަން ނިންމީ މިފަހަކުން ނެރުނު ހިންދީ ބިރުވެރި ފިލްމުތަކުގެ ތެރެއިން އާންމުންގެ މެދުގައި މަގުބޫލު ފިލްމަކަށް ޕަރީ ވެފައިވާތީ ކަމަށެވެ. ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތަކާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އެ ފިލްމު ތަމަޅައިން ހަދަން ނިންމި ސަބަބުތަކުގެ ތެރޭގައ ފިލްމުގެ ސްކްރިޕްޓާއި ފިލްމުގައި އަނުޝްކާގެ އެކްޓިން މޮޅު ކަމުން ކަމަށެވެ.
މި ފިލްމު ރަސްމީކޮށް ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ. އެކަމަކު ފިލްމުގައި މަސައްކަތް ކުރާނެ ތަރިންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ނިންމިފައި ނުވާތީ ހާމަ ނުކުރަނީ ކަމަށް އޭނާ ބުނެފައިވެ އެވެ.
ތަމަޅައިން ރިމޭކް ހަދާއިރު ފިލްމަށް މާބޮޑު ބަދަލެއް ނުގެންނާނެ ކަމަށްވެ އެވެ.
"ޕަރީ" އަކީ އަނުޝްކާ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. އޭނާ މިހާތަނަށް ތިން ފިލްމެއް ޑައިރެކްޓުކޮށްފި އެވެ.
މިމަހު ދެ ވަނަ ދުވަހު ރިލީޒް ކުރި "ޕަރީ" ދަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް