ބަންދުގައި ތިބޭ މީހުންނާއި އެކު ވަކީލުން ބާއްވާ ބައްދަލުވުންތަކުގެ ވަގުތު އިތުރު ކޮށްނުދޭތީ ކަންބޮވުން ފާޅު ކޮށްފި އެވެ.
މިދިޔަ މަހު އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފުލުހުން ވަނީ ބަންދުގައި ތިބި މީހުންނާއި ވަކީލުންނަށް ބައްދަލު ކުރެވޭނީ 30 މިނެޓަށް ކަމަށް އަންގާފަ އެވެ. އެއީ ކޮންމެ ދުވަހަކު ދެވޭނެ ވަގުތު ކަމަށް ކަނޑައަޅައި ފުލުހުން އާންމު ކުރީ އާ އުސޫލެކެވެ.
މިކަމާ ގުޅިގެން ގާނޫނީ ވަކީލު ހިސާން ހުސައިން ޓުވިޓާގައި ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުންވެސް ވަގުތު އިތުރުކޮށްނުދޭ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވެ ވަޑައިގެންނަވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
https://twitter.com/hisaanhussain/status/977990823164850176
ފުލުހުން އޭރު ބުނެފައިވަނީ ދޫނިދޫގައި ތިބި މީހުންނާ އެކު މުވައްކިލުގެ ބައްދަލުވުން 30 މިނެޓަށް ބަދަލުކުރީ ވަކީލުންގެ ފުރުސަތު ހޯދާ މިންވަރު އިތުރުވަމުން އަންނާތީވެ އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު އެ ފުރުސަތު ދޭން ކަމަށެވެ.
މީގެ އިތުރުން ކުރިން ހެނދުނު ނުވައަކުން ހަވީރު ހައެއް ޖަހަންދެން ބައްދަލު ކުރުމަށް ދީފައި އޮތް ފުރުސަތު ވެސް ވަނީ ހަވީރު ފަހަކަށް ކުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް